ކްރިމިނަލް ކޯޓުން 10 ދުވަހަށް މިއަދު ހައްޔަރުކުރަން އަމުރުކުރީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުޅެ ޓްރްފިކް ކުރުމުގެ ތުހުމަތެވެ.
މި ތުހުމަތު އޭނާގެ މައްޗަށް ކުރެވުނު ނަމަވެސް މި މައްސަލައިގައި ފުލުހުން ހޯދާފައިވާ މަސްތުވާތަކެއްޗާ ހައްޔަރު ކޮށްފައިވާ މީހާއާ ގުޅުވާލެވޭނެ ހަމަ އެކަނި ހެއްކަކަށް އޮތީ އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބަންދު އަމުރު ރިޕޯޓުގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނު ކޮޅުން މި މީހާ ހައްޔަރުކޮށްފައިވަނީ ބޯޓަކުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ފަހުން ބަޔަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.