ads
މިނިސްޓަރު ނަހުލާ
މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީއަށް
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކޮށް ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އަދި އެ މިނިސްޓްރީގެ މުވައްޒަފަކަށް ތުހުމަތުކޮށް ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ބުނެފައިވަނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ މުވައްޒަފަކު މާލީ ތަނަވަސްކަން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭސީސީއަށް ހުށަހެޅި މައްސަލަގައި ވަނީ 57 އުޅަނދެއް ރަޖިސްޓްރީކޮށްދިނުމުގައި ގަވައިދާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހުށަހަޅާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަހުލާއާ އެކު މި މައްސަލައިގައި ތުހުމަތު ކުރެވޭ ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފު މިހާރުވެސް ހުރީ ސަސްޕެންޝަނެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް