މެމްބަރު ނަޝީދުގެ ގޭކައިރީން ސައިކަލަށް އަރަން އުޅެނިކޮށް، އޭނާއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
މިއަދު ފުލުހުން ”ސީއެންއެމް“ ބުނިގޮތުގައި، އޭނާގެ ބަންދަށް ކޯޓުން ޖަހާފައިވަނީ 30 ދުވަހެވެ. މާރާމާރީއާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތުކޮށް ހައްޔަރުކުރި އެމީހާގެ ބަންދު އަޑުއެހުމުގައި ފުލުހުންވަނީ ހެކީގެ ގޮތުގައި ނަޝީދަށް ލިބުނު އަނިޔާއާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޒާރުގެ މެސެޖުތައްވެސް ހުށަހަޅާފަ އެވެ.
ކްރިމިނަލް ކޯޓުން އޭނާއަށް ޖެހި ބަންދު އަމުރުގައި ވާގޮތުން އޭނާ އަކީ ތޫނު އެއްްޗެހި ގެންގުޅުމާއި، މާރާމާރީގެ ރިކޯޑު އޮތް މީހެކެވެ. އަދި މިމައްސަލާގައި އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ވަނީ ލިބިފަ އެވެ.