ads
ފޮޓޯ: ޕްލޭނިން މިނިސްޓްރީ
3 ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފި
ހދ. ފިނޭ، ނ. މުލި އަދި ރ. ރަސްމާދޫގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. 

އެގޮތުން ފިނޭގެ ބަނދަރު 450 ދުވަސްތެރޭ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވާއިރު، މި މަޝްރޫއުއަކީ، 42 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 41،332،31 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 5،848.05 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުން ވަނީ ހަމަޖެހިފަ އެވެ. 

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އަލްފާލިލާ ފާތިމަތު ޝާނާ ފާރޫގު ސޮއި ކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އަލްފާލިލް އާދަމް އާޒިމް އެވެ.

މީގެ އިތުރުން މުލި ބަނަދަރުގެ ރީ ކޮންސްޓްރަކްޝަން ޕްރޮޖެކްޓާއި، ރަސްމާދޫ ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއި ކޮށްފަ އެވެ. 

އެގޮތުން މުލި ބަނދަރުގެ މަޝްރޫއުއަކީ، 65 މިލިއަން ރުފިޔާއަށް 550 ދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލު ކުރެވިގެން ދިޔަ މަޝްރޫއުއެކެވެ. އަދި ރަސްމާދޫގެ ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވިފައި ވަނީ، 17 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. 

މި މަޝްރޫއުތަކުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް