ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޅ. އަތޮޅު ހޮސްޕިޓަލް ރަނގަޅު ވާނީ ތަޅު އެޅުވިއްޔާ: މެންބަރު ޝިޔާމް
ޅ އަތޮޅު ހޮސްޕިޓަލުން ހިދުމަތް ނުދެވޭ ކަމަށާއި، އެތަނުގައި ރަނގަޅު ވާނީ ތަޅު އެޅުވުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެެވެެއެވެ.
Advertisement

ޝިޔާމް މިހެން ވިދާޅުވީ، އަތޮޅުތަކާއި މާލޭގައި ދެވޭ ކަރަންޓުގެ ހިދުމަތުން ނަގާ އަގު އެއްވަރުކުރުމަށް ގޮވާލައި ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމެޓީ، (އެސްއޯއީ) ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. 

އޭނާ ވިދާޅުވީ އަންނަ އަހަރު ދައުލަތުން ނަގާ ޓެކްސް ބޮޑުކޮށްފައިވާއިރު، މާލޭގައި ދިއިއުޅޭ މީހުންނާއި، ރަށްރަށުގައި ދިރުޅޭ މީހުންނާ ވެސް ޓެކްސް ދައްކަނީ އެއް މިންވަރަކަށް ކަމަށެވެ. މިހެންކަމުން ހިދުމަތް ދިނުމުގައި ވެސް ހަމަހަމަ ވާންޖެހޭނެ ކަމަށެވެ. 

"ޅ. އަތޮޅު ހޮސްޕިޓަލް އެހުރީ ހުއްޓިފަ. އަޅުގަނޑުމެން ރަނގަޅުވާނީ ތަޅެއް އަޅުވައިގެން ގޮސް ތަޅެއް އެޅުވިއްޔާ. އެތަނަކުން ހިދުމަތެއް ނުދެވޭ އިއްޒަތްތެރި ރައީސް. މުލިއްސެއް ޖަހައިގެން ވެސް މި ޖެހެނީ މާލެ އަންނަން އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ހާލަތުގައި ކަންކަން އޮތުމުން ޓެކްސް ނަގައިގެން ކުރާ ކަންތައްތަކާ މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާކަމަށެވެ. 

އެ ހޮސްޕިޓަލުގައި ހޭނައްތާ މެޝިނު ހަލާކުވެފައި ހުންނަތާ ވެސް ހަ މަސް ދުވަސް ވެއްޖެކަމަށް ޝިޔާމް ވިދާޅުވިއެވެ. 

your imageޅ. އަތޮޅު ހޮސްޕިޓަލް

ށ، ނ. ރ، ބ އަދި ކ އަތޮޅުން ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަން މީހުން އަންނަކަމަށް ޝިޔާމް ވިދަޅުވިއެވެ. 

އެ ހޮސްޕިޓަލުގައި ޑައިލެސިސް ހިދުމަތް ފަށާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާނުކުރެއްވި ނަމަވެސް، އެ ހިދުމަތްވެސް އެ ހޮސްޕިޓަލުގައި ނުފެށި އޮތީ ހޭ ނައްތާ މެޝިނު ހަލާކުވެފައި ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ލޮލުގެ ޑޮކްޓަރެއް އެ ހޮސްޕިޓަލަށް ފޮނުވި ނަމަވެސް، ލޮލަށް ފަރުވާ ދޭނެ އެއްވެސް ވަސީލަތެއް އެ ހޮސްޕިޓަލުގައި ނެތްކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

"ލޮލުގެ ޑޮކްޓަރު ފޮނުވާފަ އޭނަ ކުރާނެ ކަމެއް އެބައޮތްތޯ؟ އެއްޗެހި ނެތްތަނެއްގަ؟ އޭނަ ފިލައިގެން ދިޔައީ ކުޅުދުއްފުއްޓަށް، އެތަނުގެ ސެންޓްރަލް އޮކްސިޖަން ސިސްޓަމުން ލީކު ވަނީ އިއްޒަތްތެރި ރައީސް. ސަރުކާރުން ވެސް ވަނީ ލީކު" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެތަން ތަޅުލަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގަތުން މާ "ތާހިރުވާނެ" ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް