މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ، އުމުރުން 24 އަހަރުގެ ޏ. ފުވައްމުލައް، ހޯދަޑު، ރޫލް، އަމީދު އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އޭނާ ހޯދަމުން ދަނީ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާއްމު ކޮށްފައި ނުވެ އެވެ.
އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.