ރޭ ޕޯޗުގަލްއާ އުރުގުއޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 2-0 ންނެވެ. ދެ ލަނޑުވެސް ޖެހީ ބްރޫނޯ ފެނާންޑޭސްއެވެ.
ޕޯޗުގަލްވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުންވެސް މޮޅުވެ، ދެ މެޗުން ހަ ޕޮއިންޓާއެކު ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ. ޕޯޗުގަލް ދެވަނަ ބުރަށް މިދިޔައީ ގްރޫޕުގެ ފަހު މެޗު ކުޅުމުގެ ކުރިންނެވެ.
ގްރޫޕުގެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ކޮރެއާ އާ ދެކޮޅަށެވެ.