ads
އޮރެންޖު ޖޫސް ތައްޓެއް
ދެ މަސް ދުވަސް ތެރޭ އޮރެންޖުގެ އަގު 100 ޕަސަންޓު ބޮޑުވެއްޖެ
ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކާ އޮރެންޖުގެ އަގު ސަތޭކަ ޕަސަންޓަށްވުރެ ބޮޑު ތަނުން އަގު އުފުލިއްޖެއެވެ.
Advertisement

މިގޮތުން މީގެ ދެ މަސް ކުރިން ހަތަރު ރުފިޔާއަށް ލިބުނު އޮރެންޖު މިހާރު ލިބެން ހުރީ އަށް ރުފިޔާ އާއި 10 ރުފިޔާއަށެވެ. 

މި އަގަށް މަތިވުމުގެ ކުރިން ފަސް ރުފިޔާ އާއި ހަ ރުފިޔާ އަށް ވެސް ލިބެން ހުއްޓެވެ. މީއީ ސަތޭކަ ޕަސަންޓަށްވުރެ ބޮޑު ތަނުން އަގު އުފުލުމެކެވެ. 

މިގޮތުން ރީޓޭލް ކުރާ ފިހާރަތަކުން ބުނަނީ މީގެ ކުރިން 350 އާއި 400 އާއި ދެމެދުގައި ގަންނަން ލިބުނު އޮރެންޖު ކޭސް މިހާރު ލިބެނީ 800 ރުފިޔާއާއި 1000 ރުފިޔާއާއި ދެމެދުގެ އަގެއްގައިކަމަށެވެ. 

މާލޭގެ ބާޒާރު މަތީ ބައެއް ފިހާރަތަކުން ވަނީ އޮރެންޖު އެއްކޮށް ހުސްވެފައެވެ.

ބައެއް މީހުން ގެންދަނީ އޮރެންޖުގެ އަގު ބޮޑުވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އޮރެންޖަކީ ދިވެހިން އާންމުކޮށް ކައި އުޅޭ މޭވާއެކެވެ. މި މޭވާއަކީ ބަލީމީހުންނަށް ހަދިޔާ ކުރުމަށް ވެސް ދިވެހިން ގިނަ އަދަދަކަށް ގަނަ އުޅޭ މޭވާ އެކެވެ. 

ރާއްޖޭގައި ވިއްކާ އޮރެންޖުގެ އަގު އުފުލުނީ ދުނިޔޭގެ ބާޒާރުގައި އޮރެންޖުގެ އަގު ބޮޑުވުމާއި އޮރެންޖު ލިބެން ދަތިވުމުން ކަމަށް އިމްޕޯޓުކުރާ މީހުން ބުނެއެވެ. 

ރާއްޖެއަށް ގިނައަދަދަކަށް އެފްރިކާގެ ގައުމުތަކުން ވެސް އޮރެންޖު އިމްޕޯޓު ކުރެއެވެ. މި ގައުމުތަކުން ވެސް އޮރެންޖު ލިބުން ވަނީ ދަތިވެފައެވެ. 

މީގެ އެއް އަހަރު ކުރިން ވެސް ހަމަ މިގޮތަށް އޮރެންޖުގެ އަގު އުފުލުނެވެ. އޭރު އޮރެންޖުގެ އަގު ވަނީ 2.50 ރުފިޔާއިން 8 ރުފިޔާއަށް އުފުލިފައެވެ. ނަމަވެސް ފަހުން އޮރެންޖެއްގެ އަގު ވަނީ 2.50 ރުފިޔާއާއި ތިން ރުފިޔާއައި ދެމެދުގެ އަގަކަށް ތިރިވެފައެވެ. 

މިފަހަރު އޮރެންޖުގަ އަގު އަލުން އަނބުރާ ހުރި އެންމެ ކުޑަ އަގު ކަމަށްވާ 2.50 ރުފިޔާއަށް ދަށް ނުވުމަކީ ވެސް އެކަށީގެންވާކަމެކެވެ. ދެން އޮރެންޖުގެ އަގު ހެޔޮވިއަސް އޮރެންޖެއް އުޅޭނީ 5 ރުފިޔާއާއި 7 ރުފިޔާއާއި ދެމެދުގެ އަގެއްގައި ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. އަގު އެއްކޮށް ހެޔޮނުވާނެ ސަބަބީ ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ބޯޓު ފަހަރަށް ކުރަންޖެހޭ ހަރަދު ބޮޑުވުމާއި ރާއްޖޭގައި ޖީއެސްޓީ ނަގާ މިންވަރު ބޮޑުކުރަން ނިންމާފައި އޮތުންކަމަށް ވިޔަފާރިވެރިން ބުނެއެވެ. 

your imageކުރިން 2.50 ރުފިޔާ އަށް ވެސް އޮރެންޖު ވިއްކި: ފޮޓޯ މިހާރު

ދުނިޔޭގައި އެންމެ ގިނައިން އޮރެންޖު އުފައްދާ ބުރެޒިލުން ވެސް ވަނީ އެ މޭވާ އޭޝިއާއަށް އެކްސްޕޯޓު ކުރާ މިންވަރު ވަނީ ދަށްކޮށްފައެވެ. ސަބަބަކީ އެމެރިކާއިން ބްރެޒިލްގެ އޮރެންޖު ގަތުމަށް ބޮޑު އަގެއް ދެމުން ގެންދާތީ އެވެ.

ޗައިނާ ފަދަ ގައުމުތަކުގައި ކޮވިޑް ބަލި ފެތުރުމުގެ ސަބަބުން ވެސް އޮރެންޖުގެ ޑިމާންޑު ބޮޑުވެ އަގު ވަނީ އުފުލިފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް