ads
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް..
އާއިލާ މީހަކަށް ވަޒީފާ ހޯދައިދީފައި ނުވާނެ: މީކާއިލް
އާއިލާ އެއްވެސް މީހަކަށް އެނާ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ހޯދާދައި ދީފައި ނުވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ އޭނާ ކުރިން ދައްކާފައިވާ ވާހަކައަކާއި ވިއްދައިގެން އިސްމާއިލް ޒަރިޔަންދު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. 

މީކާއިލް ދެކެ ގިނަ ބަޔަކު ހިތްހަމަ ނުޖެހިގެން އުޅެނީ ބަޖެޓަށް ވޯޓު ދިނުމުންނެވެ. 

ނަމަވެސް މީކާއިލް ބުނެފައިވަނީ އޭނާ ވޯޓު ދިނީ ވިޕް ލައިނާއި ހިލާފު ނުވާންވެގެން ކަމަށެވެ. އަދި ވިޕާއި އެއްގޮތައް ވޯޓު ލުމަކީ އަބަދު ވެސް އޭނާ ގަބޫލުކުރާ އުސޫލު ކަމަށެވެ. 

"މިއަދާ ހަމައަށް އާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ/އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން. ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް މިހެން ވިދާޅުވީ މީކާއިލް ގެ "ބަސްމަގު ބަދަލުވެ ހަރަކާތުގެ އަމާޒު އޮޅުނީ އާއިލާ ބޭފުޅަކަށް ވަޒީފާ ލިބުނީތޯ؟" ޒަރިޔަންދު ސުވާލު ކުރުމުންނެވެ. 

ބަޖެޓަށް ވޯޓަށް އެހިއިރު އެމްޑީޕީ ޕީޖީ ގުރޫޕުން އޮތީ ތްރީލައިން ވިޕެއް ވެސް ނެރިފައެވެ. ނަަމަވެސް އެމްޑީޕީގެ ހަތް މެންބަރަކު ބަޖެޓަށް ވޯޓެއް ނުދެއްވައެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނީ 61 މެންބަރުންގެ ވޯޓާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް