ads
އެސްޓީއޯގެ އެމްޑީ އަމްރު
އެސްޓީއޯގެ ތާރީހުގައި އެންމެ ކާމިޔާބު އެންމެ ފައިދާ ބޮޑު 4 އަހަރު
އެސްޓީއޯކީ ދިވެހިންގެ ކުންފުންޏެކެވެ. ދިވެހިންނަށް ހިދުމަތް ކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިއަދު އެސްޓީއޯ އަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިލާމެހިފައިވާ ކުންފުންޏެކެވެ.

އޭގެ ތެރެއިންވެސް ފާއިތުވެގެން ދިޔަ ހަތަރު އަހަރަކީ، އެސްޓީއޯގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ހަތަރު އަހަރު ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެސްޓީއޯގެ ދިގު ތާރީހުގައި ފާއިތުވެގެން ދިޔަ ހަތަރު އަހަރަކީ، އެކުންފުނިން ކުރިން ނުދެކޭފަދަ ކާމިޔާބު އަދި ފައިދާ ބޮޑު ހަތަރު އަހަރެވެ. 

އެސްޓީއޯގެ ދިގު ތާރީހު ނުދެކޭފަދަ އަގު ހުރި ހިދުމަތްތަކެއް އެކުންފުނިން ކޮށްދީފައިވަނީ، އެ ކުންފުނީގެ ހުންގާނުގައި ހުންނެވި މާލިމީގެ ސަބަބުން ކަމީ ދެބަސްނުވެވޭނެ ކަމެކެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން މިއަދު އެސްޓީއޯ އަކީ ހަމަ ހަގީގަތުގައިވެސް ރައްޔިތުންގެ ކުންފުންޏަކަށް މިވަނީ ވެގެން ގޮސްފަ އެވެ. 

މި ހަތަރު އަހަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ އެތައް ގިނަ މަޝްރޫއުތަކެއް ފަށާ، ރައްޔިތުންނާއި ހަމައަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފަ އެވެ. ރައްޔިތުންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް މަގުފަހި ކޮށްދީފަ އެވެ. ވަކި ރަށެއް ވަކި ދާއިރާއެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނާއި ގާތުން ގުޅިގެން އެތައް މަސައްކަތެއް ކޮށްފަ އެވެ.

ސިއްހީ ދާއިރާ:

  • އެސްޓީއޯއިން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯގެ ފާމަސީ އެއް ހުޅުވާފައި
  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައި
  • ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދެވުނު. އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް އިންސްޓޯލްކޮށްދެވުނު
  • އެސްޓީއޯއިން ވަނީ ހަތަރު ހޮސްޕިޓަލް ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާކޮށްދީފައި
  • ކޮވިޑް 19 ގެ ތެރޭގައި، އެސްޓީއޯއިން ވަނީ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބެރުން ބޭސް ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި. މި ހިދުމަތްވެގެންދިޔައީ ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ވެގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް

your imageފޮޓޯ: އެސްޓީއޯ

  • އާއްމުންނަށް ފަސޭހަކޮށްދިނުމުގެގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައި
  • ފަހެއް އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަރސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެފައި. މީގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވުނު
  • އެސްޓިއޯއިން ވަނީ މިނިސްޓްރީ އޮފް ހެލްތުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ޑެލިވަރކޮށްދީފަ
  • މެޑިކަލް ސެގްމަންޓްގެ ތާރީހުގައި އިންޓަރނެޝަނަލް ޓްރޭޑެއް، މޮރިޝަސްގެ ކުންފުންޏަކަށް ހަދާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި. މިއީ މެޑިކަލް ސެގްމަންޓް އަދި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް ލިބިގެންދިޔަ މުހިއްމު ފުރުސަތެއް 
  • އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި ސިޓީ ހޮސްޕިޓަލްތަކުގައި މި ޕްރޮގްރާމް ފެށުނު

ދެހާސް ވިހި ވަނަ އަހަރު ވެގެން ދިޔައީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް އެސްޓީއޯއިން ވަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮވިޑް 19 ގެ ދުވަސްވަރު އެސްޓީއޯއިން ކޮށްދިން އަގުހުރު މަސައްކަތްތައް:

your imageފޮޓޯ: އެސްޓީއޯ

  • ލޮކްޑައުންއާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސް ތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އެސްޓީއޯއިންވަނީ ލީސް އެސިސްޓެންސް ފޯރުކޮށްދީފައި
  • އެސްޓީއޯ މެޑިކަލްސްއިންވަނީ ރީޖަނަލް ކޮވިޑް 19 ފެސިލިޓީތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކޮށްފައި. މިއީ ކޮވިޑް 19 އިން ރައްކާތެރިވެ ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއެއް
  • ކޮވިޑް ފެސިލިޓީސް ގާއިމުކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ތަކެތި އެސްޓީއޯއިންވަނީ ފޯރުކޮށްދީފައި
  • ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ހަމަޖައްސާފައި     .   

އެސްޓީއޯއަކީ އަބަދުވެސް އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. މުވައްޒަފުންނަކީ، އެ ކުންފުނީގެ އެންމެ އަގުބޮޑު ތަރި ކަމަށް އެކުންފުނީގެ އެމްޑީ އަމްރު ވަނީ އެތައް ފަހަރަކު ވިދާޅުވެފަ އެވެ. 

މުވައްޒަފުންނަށް އެސްޓީއޯއިން ކޮށްދިން ކަންކަން: 

  • އެސްޓީއޯގެ މުވައްޒަފުންނަށް 6 މަސްދުވަހުގެ މެޓާރނިޓީ ލީވް ދިނުމަށް ފާސްކުރެވުނު
  • މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުމަށް ނިންމުނު. އެސްޓީއޯއަކީ މި ނިންމުން ނިންމާފައިވާ ސަރުކާރުގެ ފުރަތަމަ ކުންފުނި
  • އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ހެޔޮ ބަނދަލުތަކެއް ގެނެވުނު. މިފަދަ ބަދަލެއް އެންމެ ފަހުން ގެނެވިފައިވަނީ 2009 ވަނަ އަހަރު

your imageފޮޓޯ: އެސްޓީއޯ

  • 2022 ވަނަ އަހަރު ފެށުނީ އެސްޓީއޯގެ ސްޓްރެޓީޖިކް ޕްލޭން އަދި ސްޓްރެޓީޖިކް މެޕް، މުވައްޒަފުންނަށް ހިއްސާކުރުމަށް ބޭއްވުނު ހަފްލާއަކުން. މި ހަފްލާގައި 2022 ވަނަ އަހަރު ކޮންމެ ޑިޕާޓްމަންޓަކަށް ކަނޑައެޅިފައިވާ ކޭ.ޕީ.އައިތައް ވަނީ ޕްރެޒެންޓްކޮށްދެވިފައި
  • އެސްޓީއޯއަކީ އޭ.ސީ.ސީއޭ އެޕްރޫވްޑް އެމްޕްލޮޔަރއެއްގެ ގޮތުގައި އޭ.ސީ.ސީ.އޭއިން ވަނީ ކަނޑައަޅާފަ

ތައިލީމީ ދާއިރާ:

  • ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތިން ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސަރ ދެވުނު
  • ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ އެމްއޯޔޫ ގައި ސޮއިކުރެވުނު. މި ޕްރޮގްރާމްގެ ދަށުން ރީޓޭލް ހިދުމަތް، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަނުން، އަދި އައިޓީ ޓެކްނީޝަނުން ތަމްރީން ކުރެވޭނެ
  • އެސްޓީއޯއިން ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ސޮއިކޮށްފައި

އިގްތިސާދީ ދާއިރާ:

  • 2020 ވަނަ އަހަރުގެ މާޗް މަހު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ގާއިމުކުރެވުނު
  • އަދި އެ އަހަރުގެ އޭޕްރިލް މަހުގައި އެމްއެސްއެސްގެ ފުރަތަމަ ޝިޕިންގ ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނެވުނު
  • 2020 ވަނަ އަހަރު އެސްޓީއޯއިން އޮންލައިން ޝޮޕިންގއަށް މަގު ފަހިކޮށްދެވި، އީ-ސްޓޯރުގެ ހިދުމަތް ދޭން ފެށުނު
  • 2021 ވަނަ އަހަރު ނޮވެންބަރ މަހު އެމްވީ އެމްއެސްއެސް ގަލޭނާ ވަނީ މާލޭގެ ކޮމާޝަލް ހާބަރަށް ބަނދަރުކުރެވިފައި. މިއީ ރާއްޖެއަށް މުދާ އެތެރެކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް
  • އެސްޓީއޯ ޕީސީ އަދި ކޮންސްޓްރަކްޝަން އޭޖެންޓުންނަށްވުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން، މިއަދު ޖުމްލަ 207 އެސްޓީއޯ ޕީ.ސީ އޭޖެންޓުންއަދި 65 ކޮންސްޓްރަކްޝަން އޭޖެންޓުން މިހާރު ތިބިކަން ފާހަގަކުރެވޭ

your imageފޮޓޯ: އެސްޓީއޯ

  • 2022 ގެ ޖުލައި މަހުގެ ތެރޭގައި އެމް.އެސް.އެސް ގްރެފީންއާއި ހަވާލުވެވުނު. މިއީ އެމް.އެސް.އެސްއިން ގައުމުގެ އިގްތިސާދު ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެއް

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ދޭން ފަށާފަ އެވެ. އެގޮތުން:

your imageފޮޓޯ: އެސްޓީއޯ 

  • އެސްޓީއޯއިން ބަސް ޓަރމިނަލްއެއް މާފަންނުގައި ގާއިމްކޮށްދެވުނު
  • ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރ ވަނީ ގާއިމުކުރެވިފަ
  • ތޮއްޑޫ އެގްރިސެންޓަރުގެ ހިދުމަތްވަނީ ފެށިފައި. އެގްރިސެންޓަރގެ ޒަރިއްޔާއިން ދިވެހި ދަނޑުވެރިންނަށް އެ ފަރާތްތަކުން އުފައްދާ ތަކެއްޗަށް ހަމައަގު ލިބުމަށް ވަނީ މަގުފަހިވެފަ
  • އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާ، ކަރުދާސް ކޮތަޅުތަކުގައި ބޭސް ދޫކުރަން ފެށުނު
  • ތިމާވެއްޓާއި ރައްޓެހި ސިމެންތި ތައާރަފްކުރެވުނު 
  • "އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅުނު 
  • އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ފެށުނު. އެސްޓީއޯ ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ފެށުމަށްޓަކާ ކޮލްސަންޓަންޓުންގެ ޓީމެއް މާލެ އައިސް ސަވޭތައް ކުރިއަށް ގެންދެވުނު
  • ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިންގ ލެބޮޓަރީއެއް ގާއިމްކޮށްފައިވޭ. މި ލެބް ހެދިފައިވަނީ ޔޫ.އޭ.އީގެ ޖިއޯކެމް އާއެކު. އަދި މިއީ މިފަދަ ފެސިލިޓީއެއް، މި ފެންވަރުގައި، ރާއްޖޭގައި ގާއިމްކުރެވުނު ފުރަތަމަ ފަހަރު.
  • ޒަމާނީ ފެންވަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާރޓް ބަދަލުކޮށް، ރެކް އަދި ސްޕޭސް ލީސިންގ ތައާރަފްކުރެވުނު. މި މޮޑަލްއަށް ލިބުނު ތަރުހީބުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ވެގެން ދިޔައީ ކަސްޓަމަރުންގެ މެދުގައި މަގުބޫލް، ހިތްގައިމު ތަނަކަށް. 
  • އެސްޓީއީއިން ވަނީ ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުމަށް އިންޑިޔާގެ އެފްކޮން ކުންފުންޏާއެކު މެއި 2022 ގައި ސޮއިކޮށްފައި. މި ޕްރޮޖެކްޓްގެ ދަށުން 7500 ސީ.ބީ.އެމްގެ ކޮންކްރީޓް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެވިފަ
  • ޖޫން 2022 ގައި އެސްޓީއޯއިން ވަނީ މަކީޓާ ޓޫލްސްއަށް ހާއްސަ ފިހާރައެއް ހުޅުވާފައި. އަދި ސަރވިސް ސެންޓަރގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރެވިފަ

މިއީ އެސްޓީއޯގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކުރިއެރުންތަކެވެ. މި ފަދަ ގިނަ މަޝްރޫއު ތަކެއްގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި އެސްޓީއޯއިން ދަނީ ކުރަމުންކަން ފާހަގަ ކޮށްލެވެ އެވެ. ރައްޔިތުންނާއި މި ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޮރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއިން 24 ގަޑިއިރު ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް