ބ. ތުޅާދޫ
ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރު ކޮށްފި
Share
ބަރަހަނާ ވީޑިއޯ ތަކެއް ބޭނުން ކޮށްގެން މީހަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ބ. އަތޮޅު ތުޅާދޫއިން މީހަކު ހައްޔަރު ކޮށްފި އެވެ.
Advertisement

މިކަމާއި ގުޅޭ ގޮތުން ފުލުހުން ބުނީ، ވީޑިއޯ ތަކެއް ބޭނުން ކޮށްގެން މީހަކު ބްލެކްމެއިލް ކުރަމުންދާ ކަމުގެ ރިޕޯޓް މިދިޔަ ހުކުރު ދުވަހު އެއިދާރާ އަށް ހުށަހަޅާފައި ވާކަމަށާއި، މި މައްސަލަ އާއި ގުޅިގެން މިމަހުގެ ހަތަރު ވަނަ ދުވަހު އުމުރުން 31 އަހަރުގެ ފިރިހެނަކު ބ. ތުޅާދޫއިން ހައްޔަރު ކޮށްފައި ވާކަމަށެވެ. 

އޭނާ ހައްޔަރު ކޮށްފައިވަނީ، އެރަށުގައި ހުރި ގެއެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ އެ ރަށު ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔަނަމަވެސް، ފަހުން އޭނާ ވަނީ، ބ. އޭދަފުށީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. 

އޭނާ ހައްޔަރު ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފޭސްބުކް މެދުވެރިކޮށް މީހަކު ވަނީ ލައިވް ކޮށްފަ އެވެ. އެ ވީޑިއޯ ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ، އެފަދަ ކަންކަން ކުރާ މީހުންނަށް ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ވަނީ ގޮވާލާފަ އެވެ. 

ފަހަކަށް އައިސް ރާއްޖޭގައި މީހުންނަށް ބިރުދައްކާ، ބްލެކްމެއިލް ކޮށް ފައިސާ ހޯދާ ގިނަ މައްސަލަތަކެއް އަންނަނީ އިތުރު ވަމުންކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް