ads
މަޝްހޫރު ޖާދޫގަރު ޖޫލިއަސް ޑެއިން ރާއްޖޭގައި
މަޝްހޫރު ޖާދޫގަރު ޖޫލިއަސް ޑެއިން ރާއްޖޭގައި
ދުނިޔޭގެ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ހޯދާފައިވާ ކުޅަދާނަ ޖާދޫ ހެދުންތެރިޔާ އަދި އިލިއުޝަނިސްޓް ޖޫލިއަސް ޑެއިން ރާއްޖެ އައިސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޫލިއަސް ޑެއިން ޗުއްޓީ ހޭދަކުރަނީ ވައްކަރު މޯލްޑިވްސްގަ އެވެ. އޭނާ އާއި އޭނާގެ ކުރޫ ވަނީ މިއަދުގެ ވަގުތެއްގައި އެ ރިސޯޓަށް އައިސްފަ އެވެ. 

ޖޫލިއަސް އަކީ ކޮމެޑީއާ އެކު ސިކުނޑި ހައިރާން ކޮށްލާވަރުގެ ޖާދޫތައް ހެދުމުގައި ވަރަށް މަޝްހޫރު މީހެކެވެ. އެއާއި އެކު ޖޫލިއަސް އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ސަޕޯޓަރުންނެއް ހޯދާފައިވާ އިރު، އޭނާ އަކީ، މިވަގުތު ދުނިޔޭގައި މިހަރު ހުރި އެންމެ ޑިމާންޑު ބޮޑު އެއް ޖާދޫގަރުވެސްމެ އެވެ. 

އޭނާގެ ސޯޝަލް އެކައުންޓްތަކަކީ ޖާދުވީ ވީޑިއޯތަކުން ފުރިފައިވާ އެކައުންޓްތަކަކަށް ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފޭނުންނެއް އަންނަނީ ފޮލޯ ކުރަމުންނެވެ. 

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ހުރީ، އޭނާގެ ވީޑިއޯތައް ވަނީ އެއް ބިލިއަން ވިއުސް އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އިންސްޓަގްރާމްގައި 6.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އޭނާގެ ތިބި އިރު، ފޭސްބުކްގައި 44 މިލިއަނަށްވުރެ ގިނަ ފޮލޯ ވަރުން އެބަތިއްބެވެ. މީގެ އިތުރުން ޓިކްޓޮކްގައި 11.6 މިލިއަން އަދި ޔޫޓިއުބްގައި 8 މިލިއަނަށްވުރެ ގިނަ އެންގޭޖްމަންޓް އޭނާގެ ހުރިކަން ފާހަގަ ކޮށްލެވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޫލިއަސް ވައްކަރު މޯލްޑިވްސްގައި ހަތަރު ދުވަސް ހޭދާ ކުރާނެ އެވެ. އެ މުއްދަތުގެ ތެރޭގައި ޖާދޫ ހަދާ ވީޑިއޯ ތަކެއް ރިސޯޓްގައި ނެގުމަށް ހަމަޖެހިފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް