ads
މާފުށީ ޖަލު---
ޖަލުގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި ފޯނާއި ސިމް، ހޯދައިފި
ފުލުހުންނާއި ސިފައިންނާއި، ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެއްޗާއި، ފޯނުގެ އިތުރުން ސިމް ތަކެއް ހޯދައިފި އެވެ.

މިކަމާއި ގުޅިގެން ކަރެކްޝަނުން ބުނީ، މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަން ރޭ ދަންވަރު 12:00 ގައި ނިންމާލާފައި ވާކަމަށާއި، އޮޕަރޭޝަންގެ ތެރެއިން ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. 

އަދި އޮޕަރޭޝަންގެ ތެރެއިން ޖަލަށް ވެއްދުން މަނާ ތަކެތި ހޯދާފައި ވާކަމަށާއި، އޭގެ ތެރޭ މަސްތުވާތަކެއްޗާއި، ފޯނުގެ އިތުރުން ސިމް އަތުލައިގެންފައި ވާކަމަށް ކަރެކްޝަނުން މައުލޫމާތުދެ އެވެ. 

ފުލުހުންނާއި ސިފައިންނާއި، ކަރެކްޝަނުންގެ އޮފިސަރުން މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގަން ފެށީ، ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް މައުލޫމާތު ލިބިފައިވާތީ ކަރެކްޝަންސާއި ފުލުހުން އަދި ސިފައިން ގުޅިގެން ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށީ ކަމަށެވެ.  

ސްކޭމާއި ޓެރަރިޒަމާ ދެކޮޅަށް މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފެށިއިރު، އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ ކަމާބެހޭ މުއައްސަސާތަކުންއ އަންނަނީ އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. 

ޖެނުއަރީ 1، 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1،423 މައްސަލައެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވިއެވެ. އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް