ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރަށް ބީޑަބްލިއުސީ ނެރުމުގެ މަގުސަދުގައި ރެންޑަމްކޮށް ފްރޮންޓު ލައިން އޮފިސަރުންނަށް ޓްރައިލް އެއް ފަށާފައިވާ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ބީޑަބްލިއުސީގެ ސަބަބުން ފުލުހުން އާންމުންނާ މުއާމަލާތް ކުރުން ރަނގަޅުކުރުމަށާއި ބާރުގެ ބޭނުން ނަހަމުގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ބީޑަބްލިއުސީ އަކީ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ އާންމުންގެ އިތުބާރު ހޯދުމަށް ކުރެވޭ އިތުރު ކަމެއް ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.