ads
ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް ހަ ރަށެއް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައި.
ފަތުރުވެރިކަމުގެ ބޭނުމަށް އިތުރު ހަ ރަށެއް ކުއްޔަށް ދެނީ
މަޝްރޫތައް ހިންގުމުގެ ބަދަލުަގައި ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް ހަ ރަށެއް ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
Advertisement

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ށ. ކުޑަޅައިމެންދޫ، ނ. ކުންނަމަލެއި، ޅ. މެއްޔަފުށި، ތ. ދިއްފުށި، ތ. ކަޅުފަހަލަފުށި އަދި ގއ. ފުލަނގި އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ހަ ރަށެއް ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ އިރު، ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ކުންފުނިތަކާ އެކު ފައިނޭންސިން އެގްރިމެންޓުތަކުގައި ޕްލޭނިން މިނިސްޓްރީން އަންނަނީ ސޮއިކުރަމުންނެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް އެއާޕޯޓުތަކަށް ފައިސާ ހޯދުމަށް ސޮއިކުރި ކުންފުނިތަކަކީ:

* ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

* މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

* ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް

* އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް

އެއާޕޯޓުތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ރ. އަލިފުށި، ފ. މަގޫދޫ އަދި ތ. ވިލުފުއްޓެވެ.

ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރާނެ ފަރާތްތަކެއް ހޯދުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ފަހަރު ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހުޅުވާލީ މުޅި އެއާޕޯޓު ތަރައްގީ ކުުރުމަށް ނުވަތަ ފައިސާ ދޭ ގޮތަށް ހުށަހެޅޭ ގޮތަށެވެ. އެއާޕޯޓެއް ތަރައްގީ ކުރުމަށް ހުށަހެޅޭނެ އެންމެ މަދު އަދަދަކީ ފަސް މިލިއަން ޑޮލަރު (ގަތްގަނޑަކަށް 77.1 މިލިއަން ރުފިޔާ) ކަމުގައި ކަނޑައަޅައިގެން ކުރި އެ އިއުލާނަށް ލިބުނު ތަރުހީބު ކުޑަވުމުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ އޭގެ އިން ބައެއް ތަރައްގީ ކުރުމަށް ފައިސާ ހުށަހެޅޭގޮތަށް ބަދަލު ގެނެސްފައެވެ. އަދި އެކަމަށް އެދި ހުށަހެޅޭނެ އަގު ވަނީ ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77.1 މިލިއަން ރުފިޔާ)އިން ތިން މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 46.2 މިލިއަން ރުފިޔާ) އަށް ކުޑަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް