ads
އުފާފާޅުކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލު ސިފައިން ވަނީ ބާރުގެ ބޭނުން ކޮށްފަ
މޮރޮކޯގެ ކާމިޔާބީ އިސްރާއީލަކަށް ހަޖަމެއް ނުވި
މޮރޮކޯއިން ޕޯޗުގަލްގެ މައްޗަށް ހޯދި ބޮޑު ކާމިޔާބީގެ އުފާ ފާޅު ކުރުމަށް ނިކުތް ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލް ސިފައިން ބާރުގެ ބޭނުން ކޮށްފި އެވެ.

މޮރޮކޯއިން ރޭ ކުޅުނު ކުއާޓާ ފައިނަލްގެ މެޗު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުން ޕޯޗުގަލް ބަލިކޮށެވެ. މިއާއި އެކު އަރަބި ގިނަ ގައުމު ތަކަކުން އަންނަނީ އެކަމުގެ އުފާ ފާޅު ކުރަމުންނެވެ. 

އެ އުފަލުގައި ބައިވެރިވުމަށް ރޭގެ ވަގުތެއްގައި ފަލަސްތީނުގެ ރައްޔިތުން ވަނީ މަގުތައްމައްޗަށް ނިކުމެ އުފާފާޅު ކޮށްފަ އެވެ. އެހެން ނަމަވެސް އެކަމަށް ހުރަސް އަޅާ އިސްރާއީލު ސިފައިން ވަނީ، ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފަ އެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ރޭ ގައްޒާގެ މަގުތަކަށް ނިކުތް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލު ސިފައިން ބާރުގެ ބޭނުން ކުރުމުން އެކިވަރުގެ އަނިޔާވި 15 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ވަނީ ޖެހިފަ އެވެ. 

މީގެ އިތުރުން މެޗު ބަލަން ތަންތަނަށް ވަދެ ތިބި ބައެއް ފަލަސްތީނު ރައްޔިތުންގެ ތެރެއަށް ކަރުނަގޭސް ޖެހި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. 

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ހައިރާން ކުރުވަނި ނަތީޖާ ތަކެއް މޮރޮކޯއިން ނެރެމުން އަންނަ އިރު، އެ ޓީމު މެޗުތަކުން މޮޅުވެ އުފާ ފާޅު ކުރަމުންދާއިރު، ފަލަސްތީނުގެ ދިދަ ބޭނުން ކުރަމުންދާކަން ފާހަގަ ކޮށްލެވެ އެވެ. 

10%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
85%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް