ads
ގދ. ތިނަދޫ
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ނިހާމް ރަޝީދު
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ނިހާމް ރަޝީދު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

އެކޮމިޝަނުން މިއަދު ބުނީ، "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން އަލްއުސްތާޒު ނިހާމް ރަޝީދު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ނިންމީ ކަމަށެވެ. 

"ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައި މި ކޮމިޝަނުން 2022 ނޮވެންބަރު ހަތް ވަނަ ދުވަހު ކުރި އިއުލާނުގެ ދަށުން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވުމަށް އެދި ހުށަހަޅުއްވާފައިވާ ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ނިހާމް ރަޝީދު އެ ކޯޓަށް ބަދަލު ކުރުމަށް ނިންމައިފިން." ޖޭއެސްސީއިން ބުންޏެވެ.

އެގޮތުގެ މަތިން އިއްޔެ އިން ފެށިގެން ނިހާމް ރަޝީދު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ނިންމީ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް