ދައުވާކުރި ސީދާ މައްސަލަ ނޯރާ ވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް، 200 ކަރޯޑު އިންޑިއާން ރުޕީޒް (ސައުވީސް މިލިއަން ޑޮލަރު) ގެ މަނީ ލޯންޑަރިން މައްސަލައެއްގައި ނޯރާ އާއި ވަނީ މި މަހު ދެ ވަނަ ދުވަހު އިންޑިއާ ފުލުހުން ސުވާލުކޮށްފައެވެ.
މި މައްސަލައިގައި މީގެ ކުރިން ޖެކޮލީން އާއި ވެސް ވަނީ ސުވާލު ކޮށްފައެވެ. ބެލެވޭ ގޮތުގައި ނޯރާ ދައުވާކުރީ މި މައްސަލައާއި ގުޅިގެން ހިނގި ކޮންމެވެސް ކަމެއްގެ ތެރެއިންނެވެ.
ދައުވާކުރިކަން އާންމުކޮށް ނޯރާ ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާގެ "އަބުރު ކަތިލައި ފިލްމީ ކެރިއަރު ހަލާކޮށްލުމަށް ޖެކޮލިން ކުރާ މަސައްކަތް ކުށްވެރި،" ކުރާކަމަށެވެ.
ޖެކޮލީންގެ މައްޗަށް ތުމަތުކުރެވޭ ފައިސާއަކީ ސުކޭޝް ކިޔާ އޭނާގެ ރަހުމަތްތެރިއަކު ހަދިޔާއެއްގެ ގޮތުގައި އޭނާގެ އާއިލާއާށް ދިން ފައިސާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާކަމެއް ނޭނގެއެވެ. ނަމަވެސް އިންޑިއާ ފުލުހުން ތަހުގީގުކުރާ މުޅި މައްސަލައިގައި 200 ކަރޯޑު ރުޕީޒް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ސުކޭޝް އަކީ އިންޑިއާގައި ނަން މަޝްހޫރު ގުންޑާއެކެވެ. އޭނާ އަކީ އެކި މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދާ މީހެއްކަމަށް އިންޑިއާ ފުލުުހުން ތުހުމަތުކުރެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޖެކޮލީން އަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ދިއްލީ ހައިކޯޓުން ވަނީ ވަގުތީ ކަފާލާތުގެ ހުއްދަ ދީފަ އެވެ. ނަމަވެސް، އެންފޯސްމަންޓް ޑިރެކްޓަރޭޓުން ވަނީ ކަފާލާތުގެ ދައުވާއާ ދެކޮޅު ހަދައިފަ އެވެ.
ޖެކްލީން ފެނާންޑޭޒް އަކީ ސިރީ ލަންކާގެ މޮޑެލްއެކެވެ. ނަމަވެސް ރިއަލިޓީ ޝޯތަކާއި މިއުޒިކް ވީޑިއޯތަކުން ފެނިގެން ދިއުމުގެ އިތުރުން އިންޑިއާގެ ފިލްމުތަކުގައި ގިނައިން މަސައްކަތް ކޮށްފައި ވަނީ ހިންދީ ބަހުންނެވެ. 2009 ވަނަ އަހަރު ފަހުން ހިންދީ ފިލްމުގައި ކެރިއަރެއް އޭނާ ވަނީ ގާއިމްކޮށްފަ އެވެ.