ads
ޖެކޮލީން ފެނަންޑޭޒް
24 މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން މައްސަލައިގައި ޖެކޮލީންގެ ބައިވެރިވުމެއް ނެތް: ވަކީލު
އަކްޝޭގެ އެންމެ ފަހުގެ ފިލްމުގެ ރާމް ސެޓޫ އިން ފެނިގެންދާ ބޮލީވުޑްގެ ބަތަލާ ޖެކޮލީން ފެނާންޑޭޒް އާއި މިހާރު ކުރިއަށްދާ 200 ކްރޯޑް ރުޕީޒް (24 މިލިއަން ޑޮލަރުގެ) މަނީ ލޯންޑަރިންގެ މައްސަލައާއި ގުޅުމެއް ނެތް ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.
Advertisement

މި މައްސަލައަކީ ކޮންމަން ސުކޭޝް ޗަންދްރަޝެކަރާއި ގުޅުން ހުރި މައްސަލައެކެވެ. ދާދި ފަހުން ސުކޭޝް ވަނީ އަތުން ލިޔެފައިވާ ސިޓީއެއް ލިޔެ، ތުހުމަތު ކުރެވޭ ސްކޭމްގައި ޖެކްލީންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. 

ސުކޭޝްގެ ސިޓީއަށް ރައްދު ދެއްވަމުން ޖެކްލީންގެ ވަކީލު ޕްރަޝާންތު ޕާޓިލް ބުނީ ޖެކޮލީންއަކީ ކުށެއްނެތް މީހެއް ކަމަށާއި އޭނާގެ ކަރާމާތަށްޓަކައި ވަރުގަދަ ހަނގުރާމައެއް ކުރާނެ ކަމަށެވެ. އީޓައިމްސްގެ ވަކީލަށް ދިން އިންޓަވިއުއެއްގައި ޕްރަޝާންތު ވިދާޅުވީ އެ ސިޓީ ލިޔުނީ ސުކޭޝް ނަމަ އޭނާ ކުރި ތުހުމަތުތައް އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އިން ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށެވެ. އަދި ޖެކޮލީން އަކީ ކުށެއްނެތް މީހެއް ކަމަށާއި އޭނާގެ ކަރާމާތަށްޓަކައި ހަނގުރާމަ ކުރަން ޖެހޭނީ ގާނޫނުގެ ހައްގު އުސޫލަށް އަމަލުކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ. 

ހިންދުސްތާން ޓައިމްސްގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ސުކޭޝް އޭނާގެ ވަކީލު އާންމުކުރި އަތުން ލިޔެފައިވާ ސިޓީއެއްގައި ޕީއެމްއެލްއޭގެ މައްސަލައިގައި ޖެކޮލީން ފަނާންޑޭޒް ތުހުމަތު ކުރެވޭ ފަރާތަކަށް ހެދުމަކީ ހިތާމަހުރި ކަމެއް ކަމަށް ސާފުކޮށް ފާހަގަކޮށްފައިވެ އެވެ. އެރިޕޯޓުގައި ވާގޮތުން ޖެކޮލީންގެ މައްޗަށް ތުމަތުކުރެވޭ ފައިސާއަކީ ސުކޭޝް ހަދިޔާއެއްގެ ގޮތުގައި އޭނާގެ އާއިލާއާށް ދިން ފައިސާއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާކަމެއް ނޭނގެއެވެ. ނަމަވެސް މުޅި މައްސަލައިގައި 200 ކަރޯޑު ރުޕީޒް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.  

މިދިޔަ މަހު ޖެކޮލީން އަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ދިއްލީ ހައިކޯޓުން ވަނީ ވަގުތީ ކަފާލާތުގެ ހުއްދަ ދީފަ އެވެ. ނަމަވެސް، އެންފޯސްމަންޓް ޑިރެކްޓަރޭޓުން ވަނީ ކަފާލާތުގެ ދައުވާއާ ދެކޮޅު ހަދައިފަ އެވެ.

ޖެކްލީން ފެނާންޑޭޒް އަކީ ސިރީ ލަންކާގެ މޮޑެލްއެކެވެ. ނަމަވެސް ރިއަލިޓީ ޝޯތަކާއި މިއުޒިކް ވީޑިއޯތަކުން ފެނިގެން ދިއުމުގެ އިތުރުން އިންޑިއާގެ ފިލްމުތަކުގައި ގިނައިން މަސައްކަތް ކޮށްފައި ވަނީ ހިންދީ ބަހުންނެވެ. 2009 ވަނަ އަހަރު ފަހުން ހިންދީ ފިލްމުގައި ކެރިއަރެއް އޭނާ ވަނީ ގާއިމްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް