ރޭގެ ވަގުތެއްގައި ނޮޅިވަރަންފަރު ސަހަރާ ކޮންނަ ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. އަދި އެކަން ކޮށްފައިވަނީ ފުލުހުން ތިބިގެން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
މިކަމާއި ގުޅިގެން ސުވާލުކުރުމުން މާބޮޑު ތަފްސީލެއް ދިނުމެއްނެތި ފުލުހުން މިއަދު ބުނީ، ފުލުހުން އެ ސަހަރާ ބަލާ ފާސްކުރީ ކަމަށެވެ.
ނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ އެމައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން އެކަން ކޮށްފައިވަނީ ފަންޑިތަ އާއި ގުޅުންހުރި މައްސަލައެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;