ads
ނޮޅިވަރަމްފަރު ސަހަރާ ކޮންނަނީ——ފޮޓޯ: ސޯޝަލް މީޑިއާ
ފުލުހުންގެ ހާޒިރުގައި ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލަ، ކައުންސިލުން ކުށްވެރިކޮށްފި
ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ހުއްދަ ނެތި ޕޮލިހުން މެދުވެރިކޮށް އެ ރަށު ސަހަރާ ކޮނުނު މައްސަލަ ނޮޅިވަރަންފަރު ކައުންސިލުން ކުށްވެރިކޮށްފި އެވެ.

މިކަން ކުށްވެރިކޮށްފައިވަނީ ނޮޅިވަރަންފަރު ކައުންސިލްގެ ފަސް މެންބަރުން ސޮއިކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާނެއް ގައެވެ.

މި ބަޔާނުގައި، ބުނެފައިވަނީ 12 ޑިސެންބަރު 2022 ވަނަ ދުވަހުގެ ރޭ 23:30 ހާ އިރު، ނޮޅިވަރަންފަރު ސަހަރާއަށް އާންމުންގެ ބަޔަކު ވަދެ ރުގުޔާ ކުރުމުގެ ނަމުގައި، ސަހަރާ ކޮނުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބުމުން، ކައުންސިލްގެ ބޭފުޅުން ސަހަރާއަށް ދިޔައިރު، އެކަން ކުރަމުންދަނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއި ޕޮލިސް އިންޗާޖުގެ ހާޒިރުގައިކަން އެނގުނެވެ. 

ސަހަރާ ކޮނުމުގެ ހުއްދައަށް އެދި އަނގަ ބަހުން އެކައުންސިލަށް އެކި ފަހަރު މަތިން ހުށަހެޅުމުން، އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެ ކައުންސިލުން އެދުމުނު ކަމަށާއި، އެ މިނިސްޓްރީން އަންގާފައިވަނީ ޝަރުއީ ރުގުޔާގައި ސަހަރާ ކޮނުމެއް ނޯންނާނެ ކަމަށާއި އަދި އެކަން ކުރުމަށް ހުއްދަ ނުދިނުމަށެވެ. މިލަފަޔާ އެއްގޮތަށް، އެކަން ކުރުމަށް ހުއްދަ ނުދެވޭނެކަމަށް ކައުންސިލުން ވަނީ، އެކަމަށް އެދުނު ފަރާތަށް އަންގާފައިކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެހެން ކަމުން، ކައުންސިލްގެ ހުއްދައެއް ނެތި ސަހަރާ ކޮނުނު މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފުލުހުންގެ މުއައްސަސާއިން މިފަދަ އަމަލުތައް ހިންގުމަށް އެއްބާރުލުން ދޭ ދިނުން ކުށްވެރިކޮށް އަދި މީޑިޔާތަކަށް އެ ކައުންސިލް ބަދުނާމުކޮށް ފުލުހުން ދީފައިވާ މައުލޫމާތު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ކަމަކީ ގާނޫނު ނަންބަރު 7/2010 އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން އެ ކައުންސިލަށް ލިބިދީފައިވާ ބާރަށް އަރައިގަތުން ކަންވެސް މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވެއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާން ނިންމާލާފައިވަނީ، މިކަން ހިނގައިދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމުންނެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް