ads
އޭޑީކޭ ނާޝިދު، ފަހަތުގައި އެމްޑީ އައްފާލް
އޭޑީކޭގެ ބިމު ކުއްޔަކީ އަކަފޫޓަކަށް މަހަކު އެންމެ 11 ރުފިޔާ
އޭޑީކޭއިން މާދަމާއިން ފެށިގެން ހިދުމަތުގެ އަގު ބޮޑު ކުރަން ނިންމާފައިވާއިރު، އެ ހޮސްޕިޓަލުގެ ބިމު ކުއްޔަކީ އަކަފޫޓަކަށް އެންމެ 11 ރުރިޔާކަން ހާމަވެއްޖެއެވެ.

އޭޑީކޭއިން މާދަމާއިން ފެށިގެން ހިދުމަތްތަކުގެ އަގު ބޮޑު ކުރަން ނިންމައި އެކަން އިއުލާންކޮށްފައިވަނިކޮށް، އޭޑީކޭގެ  ބިމުގެ ކުލީގެ އަގު ފަޅާ އަރުވާލީ މިއަދު "މިހާރު" ނޫހުންނެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭޑީކޭއަށް ހެންވޭރުން ބޮޑު ބިމެއް ކުއްޔަށް ދީފައި އޮތީ މަހަކު 718000 ރުފިޔާއަށެވެ. އެ ބިމުގެ ބޮޑުމިނަކީ 64422 އަކަފޫޓެވެ. މާނައަކީ އޭޑީކޭ ހޮސްޕިޓަލުން ދައުލަތަށް ބިމު ކުލީގެ ގޮތުގައި ދައްކަނީ އަކަފޫޓަކަށް 11 ރުފިޔާގެ މަގުންނެވެ.

މިއީ މާލޭގެ ބިމުގެ އަގަށް ބަލާއިރު އާދަޔާ ހިލާފު ހެޔޮ އަގެކެވެ. މާލޭގެ ބިމުގެ އަގު މިހާރު އުޅޭ ރޭޓްތަކަށް ބަލާއިރު، އޭޑީކޭއަށް ދީފައި އޮތް ވަރުގެ ބިމަކުން ކުއްޔަށް މަހެއްގެ މައްޗަށް ފަސް މިލިއަނެއްހާ ރުފިޔާ ލިބޭނެއެވެ. އެއީ އަކަފޫޓަކަށް 75 ރުފިޔާގެ މަގުން ބަލައިފިނަމައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ، ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން އެ ހޮސްޕިޓަލުންދޭ ސިއްހީ ހިދުމަތްތަކުގެ އަގު ބޮޑު ކުރަން ނިންމީ ކުއްލި ގޮތަކަށެވެ. އޭޑީކޭ ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އޭޑީކޭގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އޭޑީކޭއިން ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ މުދަލާއި ހިދުމަތުގެ އަގު ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ބޮޑު ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭޑީކޭގެ ހިންގުމުގެ ހަރަދުތައްވެސް ބޮޑުވެފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.

4%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް