ads
ފެމިލީ ކޯޓު
އަންނަ އަހަރުގެ ބޮޑު އީދަކު ކައިވެންޏެއް ނުކުރެވޭނެ
އަންނަ އަހަރުގެ ބޮޑު އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށް ނުދޭނެ ކަމަށް އިއުލާން ކޮށްފި އެވެ.

ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ވާގޮތުން އަންނަ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އަދި 28 ވަނަ ދުވަހުން އިން ފެށިގެން ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އެކޯޓުން ކައިވެނި ކޮށް ނުދޭނެ އެވެ.

ފެމިލީ ކޯޓުގެ އެ އިއުލާނުގައި ބުނިގޮތުގައި އެދުވަސްތަކުގައި ކައިވެނިކޮށް ނުދޭން ނިންމީ އަޟްހާ އީދުގެ މުނާސަބަތުގައި އަންނަ ބަންދު ދުވަސްތަކާ ގުޅިގެން ނެވެ. މި ދުވަސްތަކުގައި ސަރުކާރު ބަންދު ނޫން ދުވަހަކީ ޖޫން މަހުގެ 27 ވަނަ ދުވަސް އެކަންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް