ads
ޖޭއެސްސީގެ ރައީސް ހިސާން
ޖޭއެސްސީން މިކުރަނީ އުނދަގޫ މަސައްކަތެއް
ޖޭއެސްސީން ކުރަމުން އަންނަނީ އުނދަގޫ މަސައްކަތެއް ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ، ޔޫއެންޑީޕީއާ ބްރިޓިޝް ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިއަދު ފެށުނު "ޖުޑިޝަރީ ފޯ ޖޫނިއާސް" ޕްރޮގްރާމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީން ކުރަމުން އަންނަ މަސައްކަތަކީ، ތައުރީފާއި، ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އެ މަސަތްކަތް ކުރަނީ، ކޯޓު ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހައްގުވާ މީހެއްކަމަށް ވާތީ ކަމަށް ހިސާން ވިދާޅުވިއެވެ.

ތައުރީފާއި، ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް، ނަމަވެސް އަޅުގަނޑުމެން ކުރާ މަސަތްކަތް ކުރަނީ، ކޯޓު ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހައްގުވާ މީހެއްކަމަށް ވާތީ. ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާލަން ޖެހޭ ވަގުތެއް، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް

ޖޭއެސްސީން ކުރަމުންނ އަންނަނީ އުނދަގޫ މަސައްކަތެއް ކަމަށް ހިސާން ވިދާޅުވިއިރު، ޖޭއެސްސީން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ކެނޑި ނޭޅީ ތުހުމަތު ކުރަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް