ads
ކޮންމެ އަހަރަކުވެސް ދަތުރުފަތުރު ކުރުމަށް ބޮޑު ހޭދައެއް ދަނީ ކުރަމުން.
ބަޖެޓު ކުރި ވަރަށް ވުރެ ދަތުރަށް ކުރި ހޭދަ އިތުރު ވެއްޖެ
ބަޖެޓުގައި ސަރުކާރުން ކުރާ ދަތުރުފަތުރަށް ކަނޑައެޅި ވަރަށް ވުރެ އިތުރަށް މިއަހަރު ވެސް ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ އަށް ވަނަ ދުވަހާ ހަމައަށް 213.7 މިލިއަން ރުފިޔާ ދަތުރުފަތުރުތަކަށް ހޭދަކޮށްފައިވެއެވެ. ދަތުރު ފަތުރުތަކަށް ބަޖެޓު ކޮށްފައިވަނީ 203 މިލިއަން ރުފިޔާ އެވެ.

ފާއިތުވި ހަތަރު އަހަރަށް ބަލާއިރު 2020 ވަނަ އަހަރު ފިޔަވައި ބަޖެޓު ކުރާ ވަރަށް ވުރެ އިތުރަށް ކޮންމެ އަހަރަކު ވެސް ދަތުރު ފަތުރަށް ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރު ދަތުރު ފަތުރަށް 172.3 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައެޅި ނަމަވެސް އަހަރު ނިމުނުއިރު ދަތުރު ފަތުރަށް 181.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ދަތުރު ފަތުރަށް 237.8 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް 141.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ދެހާސް ނަވާރަ ވަަނަ އަހަރު 142.1 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައެޅިއިރު އެ އަހަރުގެ 231.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާ ހިލޭ އެހީގެ ގޮތުގައި 24.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 38 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އޭގެތެރެއިން 25.6 ބިލިއަން ރުފިޔާ ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް