ads
ތޮއްޑޫ ޔުޓިލިޓީ ކުންފުނި ރަޖިސްޓްރީ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނި ތޮއްޑޫ ކައުންސިލަށް
އިކޮނޮމިކް މިނިސްޓްރީން ފުރަތަމަ އުފައްދައިދިން ލޯކަލް އޮތޯރިޓީ ކުންފުނި އއ. ތޮއްޑޫ ކައުންސިލަށް ރަޖިސްޓްރީކޮށްދީފިއެވެ.

ތޮއްޑޫ ކައުންސިލަށް ރަޖިސްޓްރީކޮށް ދިން އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ލޯކަލް ކައުންސިލް ގާނޫނުގެ ދަށުން ކައުންސިލްތަކުން ވިޔަފާރީގެ އުސޫލުން ހިދުމަތްތައް ދިނުމަށް ކުންފުނި އުފެއްދޭ ގޮތަށް ދީފައިވާ ހުއްދައިގެ ދަށުން ކައުންސިލަކަށް ރަޖިސްޓްރީކޮށް ދިން އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެވެ.

އެ ކުންފުންޏަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ ގޮތުން އިކޮނޮމިކް މިިނިސްޓްރީ ގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި ކުންފުނީގެ ރަޖިސްޓްރީ ކައުންސިލާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް އުފައްދައިދޭ ކުންފުނިތަކުގެ ސަބަބުން ރަށްރަށުގައި އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނިން ކުރަން ގަސްތުކުރާ ކަންކަމުގެ މައުލޫމާތާއި ކުންފުނި ހިންގާނޭ ގޮތުގެ މައުލޫމާތު ތޮއްޑޫ ކައުންސިލުން ހިއްސާކޮށްފައިވާ ކަމަށެވެ.

your imageތޮއްޑޫ ޔުޓިލިޓީ ކުންފުނި ރަޖިސްޓްރީ ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

ޔުޓިލިޓީ ކުންފުނި ރަޖިސްޓްރީވުމާ ގުޅިގެން ވާހަކަ ދައްކަވަމުން ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެ ކުންފުނިން އާންމު ފަރާތްތަކުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ވަދެ ވިޔަފާރި ކުރުން ފަދަ ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވި ވިޔަފާރި އުސޫލުން ދެވެން ފެށުމުން ރަށަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނިން ކުރަން ނިންމާފައިވާ ކަންކަމަކީ:

* ދާރުލް އާސާރެއް ހަދައި ބެލެހެއްޓުން

* ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުން

* ބަނދަރު ބަލަހައްޓައި ބަނދަރުގައި ބައެއް ހިދުމަތްތައް ދިނުން

* ތޮއްޑޫގެ ޓޫރިޒަމް ބްރޭންޑްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް

* މަގުތައް ބެލެހެއްޓުން 

* އާންމު ޕާކްތަކާއި ޓޫރިސްޓް ބީޗްތައް ބެލެހެއްޓުން 

* ދެމެހެއްޓެނިވި ދަނޑުވެރިކަމަށް އެހީ ފޯރިކޮށްދިނުން، ދަނޑުތަކަށް ފެންދޭނެ ސެންޓްރަލް ނިޒާމެއް ގާއިމުކުުރުން

* ކޮންވެންޝަން ސެންޓަރެއް ހަދައި ހިންގުން 

* ފައިބާ ނެޓްވޯކެއް ގާއިމުކުރުން

* ގަސްގަހާ ގެހީގެ ނާސަރީއެއް ހެދުން

* ޑޭކެއާ ސެންޓަރެއް ހަދައި ހިންގުން

* ތޮއްޑޫ ޕްރީސްކޫލް ހިންގުން

ތޮއްޑޫ ޔުޓިލިޓީ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރުމާއި ކުންފުނީގެ ބޯޑުގައި އާންމުން ތަމްސީލު ކުރާ މެންބަރު ނެގުމުގެ މަސައްކަތް ކުރީ އާންމުކޮށް ހުޅުވާލައި އިއުލާންކޮށްގެން ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. 

ޔުޓިލިޓީ ކުންފުނި އުފައްދަން ގިނަ ކައުންސިލްތަކަކުން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހެޅުމާ ގުޅިގެން އެ މިނިސްޓްރީން ވަނީ ލޯކަލް ކައުންސިލަށް ޔުޓިލިޓީ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމުގެ އުސޫލެއް ހަދައި އާންމުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް