ads
ދުޅަހެޔޮ އިސްތަށިގަނޑަކަށް ބޭނުންވާ ކާނާ
ދުޅަހެޔޮ އިސްތަށިގަނޑަކަށް ބޭނުންވާ ކާނާ
އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް، ވިޓަމިންސް މިނަރަލްސް އަދި ޕްރޮޓީން ބޭނުންވެއެވެ.
Advertisement

އިސްތަގަނޑަށް ބޭނުންވާ ކާނާތަކަށް ބަލައިލާނަމެވެ. 

ޕްރޮޓީންސް: 

އިސްތަށިގަނޑަކީ ޕްރޮޓީން އިން އުފެދިފައިވާ އެއްޗެކެވެ. ކެއުމުގައި އެކަށީގެންވާ ވަރަށް ޕްރޮޓީން ހުރިކަން ޔަގީން ކުރުމަކީ އިސްތަށިގަނޑު ވަރުގަދަ އަދި ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. 

ކެއުމުގައި އެކަށީގެންވާ ވަރަށް ޕްރޮޓީން ބޭނުން ނުކުރާނަމަ އިސްތަށިގަނޑު ހިކި، ފަޅައިގެން ގޮސް، ބަލިކަށިވުން އެކަށީގެންވެ އެވެ. އިންތިހާއަށް ޕްރޮޓީން މަދު ކާނާ ކެއުމުގެ ސަބަބުން އިސްތަށިގަނޑު ތުނިވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. ޕްރޮޓީން ގިނަ ކާބޯތަކެތީގެ ތެރޭގައި  ކުކުޅު، ޓާކީ، ކަނޑު /ފަރު މަސް، ކިރު އުފެއްދުންތަކާއި ބިސް އަދި ބަދަން ހިމެނެ އެވެ. 

your imageކުކުޅު ބިސް 

ދަގަނޑު (އަޔަން):

ދަގަނޑަކީ އިސްތަށިގަނޑަށް ހާއްސަކޮށް މުހިއްމު މައުދަނެކެވެ. ދަގަނޑު މަދުވުމަކީ އިސްތަށިގަނޑު ތުނިވުމަށް މެދުވެރިވާ ބޮޑު ސަބަބެކެވެ. އިސްތަށިގަނޑުގެ ފޮލިކަލް އާއި މުރަކަ ކާނާ ލިބެނީ ނިއުޓްރިއެންޓް ގިނަ ލޭގެ ސަޕްލައިއަކުންނެވެ. ދަގަނޑުގެ މިންވަރު (ސީރަމް ފެރިޓިން) ވަކި ހިސާބަކުން ދަށަށް ދިއުމުން ލޭމަދުވުން ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ފޮލިކަލް އަށް ނިއުޓްރިއެންޓް ފޯރުކޮށްދިނުމަށް ބުރޫއަރާ، އިސްތަށިގަނޑު ބޮޑުވުމުގެ ސައިކަލަށް އަސަރުކޮށް، އޭގެ ސަބަބުން އިސްތަށިގަނޑު ފޮޅިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 

ރަތް މަހާއި ކުކުޅު އަދި މަސް ފަދަ ބާވަތްތަކުގެ އުފެއްދުންތަކުން ދަގަނޑު ހިމެނެ އެވެ. ވެޖެޓޭރިއަނުންނަށް ދަގަނޑު މަތިކުރެވޭނީ ލެންޓިލްސް، ސްޕިނެޗް އަދި ބްރޮކޮލީ، ކެލޭ އަދި ސެލެޑް ގްރީންސް ފަދަ ފެހި ތަރުކާރީތައް ކެއުމުގައި ހިމަނައިގެންނެވެ.

ވިޓަމިން ސީ:

ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ފޮނުވުަމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ ވިޓަމިން ސީ ގިނައިން ހުންނަ ކާނާއަކީ ދަގަނޑު ގިނަ ކާނާތަކާ އެކުގައި ކެއުމަށް ރަނގަޅު އެއްޗެކެވެ. ވިޓަމިން ސީ އަކީ ވެސް އެންޓިއޮކްސިޑެންޓެއް ކަމުން ހަށިގަނޑުން ފަސޭހައިން ބޭނުން ކުރެވެ އެވެ. ވިޓަމިން ސީ ލިބޭ ބައެއް ތަކެއްޗަކީ ބްލެކް ކަރަންޓް، ބްލޫބެރީ، ބްރޮކޮލީ، ފޭރު، ކިވީ ފްރޫޓްސް، އޮރެންޖް، ފަޅޯ، ސްޓްރޯބެރީ އަދި ކައްޓަލަ އެވެ.

ވިޓަމިން ސީ އަކީ އިސްތަށިގަނޑުގެ ޝަފްޓްތަކަށް ފޯރުކޮށްދޭ ކެޕިލަރީތައް ވަރުގަދަކޮށްދޭ ކޮލަޖަން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ.

your imageފޭރު..

އޮމެގާ 3:

އޮމެގާ-3 ފެޓީ އެސިޑް އަކީ އަހަރެމެންގެ ހަށިގަނޑަށް އަމިއްލައަށް ނުއުފެދޭ މުހިންމު ފެޓްތަކެއް ކަމުން، އަހަރެމެންގެ ކެއުމުގެ ތެރެއިން ހޯދަން ޖެހެ އެވެ. އޮމެގާ-3 އަކީ ބޮލުގެ އިސްތަށިގަނޑު ލައިންކުރާ ސެލްތަކުގައި ހުންނަ އެއްޗެކެވެ.،

ބޮލުގެ އިސްތަށިގަނޑާއި އިސްތަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓޭ ތެޔޮތައް ވެސް ފޯރުކޮށްދޭ މާއްދާއެކެވެ. ސެލްމޮން، ހެރިންގް، ސާޑިންސް، ޓްރައުޓް އަދި މެކަރެލް ފަދަ ތެޔޮ މަސްތަކާއި އެވޮކާޑޯ، ބަރަބޯ އޮށް އަދި ވޯލްނަޓްސް ފަދަ ބަދަންތަކުގައި އޮމެގާ -3 އެކުލެވެއެވެ. 

ވިޓަމިން އޭ:

ވިޓަމިން އޭ އަކީ ހަށިގަނޑަށް ސީބަމް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ސެބަމް އަކީ އަހަރެމެންގެ އިސްތަށިގަނޑުގެ ސެބަސިއަސް ގްލޭންޑްތަކުން އުފައްދާ ތެޔޮ މާއްދާއެކެވެ. މިއީ ދުޅަހެޔޮ ބޮލުގެ އިސްތަށިގަނޑަކަށް ގުދުރަތީ ކޮންޑިޝަނަރެއް ފޯރުކޮށްދޭ މާއްދާއެކެވެ. 

ސީބަމް ނެތި އަހަރެމެންނަށް ބޮލުގައި ރިއްސުމާއި އިސްތަށިގަނޑު ހިކުން ފަދަ މައްސަލަތައް ދިމާވެއެވެ. ކެރެޓް، ބަރަބޯ އަދި ކައްޓަލަ ފަދަ ބީޓާ ކެރޮޓީން (ވިޓަމިން އޭ އުފައްދާ އެއްޗެއް) ގިނައިން ހުންނަ އޮރެންޖް/ރީނދޫ ކުލައިގެ ތަރުކާރީ ކެއުމުގައި ހިމަނާށެވެ. 

your imageކައްޓަލަ

ޒިންކް އަދި ސެލެނިއަމް:

ބޮލުގެ އިސްތަށިގަނޑު ރައްކާތެރި ކުރުމުގައި އެންމެ މުހިންމު އެހެން މަޢުދަންތަކުގެ ތެރޭގައި ޒިންކް އަދި ސެލެނިއަމް ހިމެނެއެވެ. ޒިންކް މަދުވުމަކީ އިސްތަށިގަނޑު ތުނިވެ، ބޮލުގެ އިސްތަށިގަނޑު ހިކި، އިސްތަށިތައް ފަޅައިގެން ގޮސްދާނެކަމެކެވެ. ފޯރޓިފައިޑް ސީރިއަލްސް އާއި ހޯލްގްރޭންސް،  އޮއިސްޓަސް، ގެރި މަސް އަދި ބިހަކީ ޒިންކް ގެ ރަނގަޅު މަސްދަރުތަކެކެވެ. 

ވިޓަމިން އީ: 

އަވިން އަހަރެމެންގެ ހަންގަނޑަށް ގެއްލުން ލިބޭ ފަދައިން އަހަރެމެންގެ އިސްތަށިގަނޑަށް ގެއްލުން ލިބިދާނެތީ އިސްތަށިގަނޑަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވިޓަމިން އީ ގިނައިން ހުންނަ ކާނާ ކެއުމަށް ޔަގީން ކުރަން ޖެހެ އެވެ. ބަދަނީ އަކީ ނިއުޓްރިޝަން ގިނަ އެއްޗެއްކަމުން ޒިންކް އާއި ސެލެނިއަމްގެ އިތުރުން ވިޓަމިން އީ ވެސް ލިބޭތީ ބެލެންސްޑް ޑައިޓެއްގެ ބައެއްގެ ގޮތުގައި އެތަކެތި ހިމަނަން މަސައްކަތް ކުރާށެވެ.

your imageއަލްމަންޑް

ބަޔޯޓިން:

ބަޔޮޓިން އަކީ ފެނުގައި ރައްކާކުރެވޭ ބީ ވިޓަމިން އެކެވެ. ބަޔޮޓިން މާ މަދުވުމުން އިސްތަށިގަނޑު ފަޅައިގެން ގޮސް އިސްތަށި ފޭބުމުގެ މައްސަަލައާ ދިމާވެއެވެ. ބަޔޮޓިން ގިނަ ކާނާތަކުގެ ތެރޭގައި ހޯލްގްރޭންސް، ލިވަރ، ބިހުގެ ގޮބަޅި، ސޯޔާ ފްލާވަރ އަދި ޔީސްޓް ހިމެނެއެވެ.

63%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް