ads
"ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ފެށުމުގެ ތެރެއިން
"ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ފަށައިފި
ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓްގެ އަލީގައި ތައްޔާރުކުރެވުނު "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް މިއަދު ފަށައިފިއެވެ.
Advertisement

މިއީ ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ހިންގޭ މުހިންމު މަސައްކަތެއްކަމަށް ހެލެތް މިނިސްޓްރީން ބުނެއެވެ. 

މި ދިރާސާ ރިޕޯޓް އިފްތިތާޙުކޮށްދެއްވީ އައިލާތަކާއި ބެހޭ މިނިސްޓަރު ގީލާ އަލީ އެވެ. އަދި ޤައުމީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

your imageކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓް ނެރުމުގެ ތެރެއިން

މިއަދު އާއްމުކުރި ރިޕޯޓް ދައްކާގޮތުން ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ކުރިއެރުން ސީދާގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާއެވެ. އެގޮތުން ކައިވެނީގެ ކުރިން، ކައިވެނީގެ ތެރޭގައި، ދެމަފިރިން ވަކިވާ މަރުހަލާގައި އަދި ވަރިވުމަށްފަހު ވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ދިމާވާ އާއްމު ގޮތްތައް ރިޕޯޓުގައިވެއެވެ.

ހުރިހާ އާއިލީ ދިރިއުޅުމުގެ އެންމެހާ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާގައި ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅިގެންދާކަން ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އަދި މި ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކަމަށް އާއިލާތަކާއި ބެހޭ މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;