ads
ނުރައްކާތެރި ސީރިއަލް ކިލާ ޗާލްސް ސޮބްރާޖް
ދެކުނު އޭޝިއާގެ ގައުމުތަކުން މީހުން މަރާ ގާތިލެއް ނޭޕާލުން މިނިވަން ކޮށްފި
ނޭޕާލް، އިންޑިއާ ތައިލޭންޑުން ގިނަ އަދަދެއްގެ މީހުން މެރި "ބިކީނީ ކިލާ" ގެ ނަމުން މަޝްހޫރު ބޮޑު ކުށްވެރިޔަކު ނޭޕާލުގެ ސުޕްރީމް ކޯޓުން މިނިވަން ކޮށްފިއެވެ.
Advertisement

އުމުރުން 78 އަހަރުގެ ޗާލްސް ސޮބްރާޖް، ކިޔާ އެ މީހާ  އެގައުމުގެ ސުޕްރީމް ކޯޓުން މިނިވަން ކުރީ އެގައުމުގައި ކުށްވެރިންގެ އަދަބުގެ 75 އިންސައްތައަށްވުރެ ގިނަ މުއްދަތު ޖަލު މުއްދަތުގައި ހޭދަކޮށްފައިވާ މީހުންނަށް އަފުއާމު ދޭ ގާނޫނުގެ ދަށުންނެވެ. 

ވިހި އަހަރު ފަހުން އޭނާ މިނިވަން ކުރިއިރު ސުޕްރީން ކޯޓުން ބުނެފައިވަނީ ސޮބްރާޖް އޭނާގެ ޖަލު މުއްދަތުގެ 95 ޕަސަންޓު ފުރިހަމަ ކޮށްފައިވާކަމަށެވެ. 

އޭނާ މީގެ ކުރިން 20 އަށްވުރެ ގިނަ މީހުން ދެކުނު އޭޝިއާ ސަރަހައްދުން މަރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

"ބިކިނީ ކިލާ" އާއި "ދަ ސަރޕެންޓް" ގެ ނަމުން ނަންދެވިފައިވާ ސޮބަރާޖް 1975 ވަނަ އަހަރު ނޭޕާލުގައި އެމެރިކާގެ ކޮނީ ޖޯ ބްރޮންޒިޗް މަރާލި މައްސަލައިގައި 2003 ވަނަ އަހަރުން ފެށިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އެވެ. 2014 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ކެނެޑާގެ ބެކްޕެކަރެއް ކަމަށްވާ ލޯރެންޓް ކެރިއާ މަރާލި ކަމުގެ ކުށް ސާބިތުވެ އިތުރު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނޭޕާލުގައި އުމުރު ދުވަހުގެ މުއްދަތެއްގެ މާނައަކީ 20 އަހަރެވެ.

ވިއެޓްނާމަށް އުފަން ސޮބްރާޖް އަކީ އިންޑިއާގެ ބައްޕައަކާއި ވިއެޓްނާމްގެ މަންމައެއްގެ ދަރިއެކެވެ. ޒުވާން އުމުރުގައި ފްރާންސަށް ބަދަލުވެ، ކުދިކުދި ވައްކަމާއި މަކަރާއި ހީލަތް ފަދަ ޖިނާއީ ހަރަކާތްތަކުގައި ބައިވެރިވި އެވެ. 1970 ގެ އަހަރުތަކުގައި ސޮބްރާޖް ދެކުނު އިރުމަތީ އޭޝިއާއަށް ދަތުރުކޮށް، އެތަނުގައި އޭނާ ވަނީ މަރުގެ މައްސަލަތައް ހިމެނޭ ގޮތަށް އިތުރު ބޮޑެތި ޖަރީމާތައް ހިންގަން ފަށާފައެވެ.

ސޮބްރާޖް މީހުން މަރަނީ އޭނާގެ މަކަރުވެރިކަމާއި ވަށައިގެން ތިބި މީހުން ހައްދާލުމުގެ ގާބިލްކަން ބޭނުންކޮށްގެން ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ. އޭނާގެ ޝިކާރައަކަށް ވެފައިވާ މީހުން ހޮވަނީ ޝައުގުވެރިކަމާއި ރަނގަޅު ސިފަ ބޭނުންކޮށްގެން އެމީހުންގެ މަޅީޖައްސައިގެން ކަމަށާއި އެކަންކަމަށް އޭނާގެ ހުޝިޔާރުކަން ވަރަށް ބޮޑުކަމަށް ބޭރު ނޫސްތަކުން ރިޕޯޓްކޮށްފައި ވެ އެވެ.

27%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް