މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ސީއެންއެމް އަށް ވިދާޅުވީ އެހެންޕާޓީތަކާއި އެއްގޮތަށް ޖޭޕީން ވެސް މިހާރުވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.
އިތުރަށް އަލީ ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެޕާޓީން ވާދަކުރާނީ ވަކިންތޯ ނުވަތަ ކޯލިޝަން ހަދައިގެންތޯ ކަށަވަރުވެގެންދާނީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ބައްދަލުވުމަށް ފަހުގައި ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވަކިން ވާދަކުރާނަމަ އެޕާޓީގެ ގަވާއިދު ބުނާގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓު ލިބިގެންދާނީ ޤާސިމް އިބްރާހިމް އަށް ކަމަށެވެ.
މިހާތަނަށް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބިގައި ވާދަ ކުރަށްވާނެ ކަން ކަށަވަރު ކޮށްދީފައިވާ ބޭފުޅުންނަކީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އަދި ނޭޝަނަލް ޕާޓީގެ ފަރާތުން ކާނަލް ނާޒިމް އެވެ.