ads
ރައީސް ދެކުނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން: ރައީސް ސާލިހް
ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވައި، ޓެކްސް ފައިސާ ސަރުކާރަށް ދައްކަނީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ސަރުކާރުން ގާއިމްކޮށްދިނުމަށްޓަކައި ކަމަށާއި، ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ގއ. ނިލަންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ނުލިބެއެވެ. އަދި އެއީ ކަރަންޓުގެ ޚހިދުމަތްކަމުގައި ވީ ނަމަވެސް ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައި ވީނަމަވެސް، ލަފާ ފުރުމުގެ ހިދުމަތްކަމުގައި ވީނަމަވެސް ނުވަތަ ރަނގަޅު ތައުލީމާއި، ސިއްހީ ހިދުމަތް ކަމުގައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ހިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ ކުރިން ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ގާއިމްކޮށްފައި ވަނީ ރައްޔިތުންގެ އަމިއްލަ ހަރަދުގައެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ހެއްދެވީ އެއްވެސް ރަށެށް، އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތައް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިގޮތުން ފެނަކަ މެދުވެރިކޮށް 144 ރަށަކަށް އައު ކަރަންޓު އުފައްދާ ޖެނެރޭޓަރު ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގެ އިންޖީނުގޭ އޮފީސް ޢިމާރާތް ޤާއިމްކުރެވިއްޖެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ މި ދައުރުގައި ރަށްރަށުގެ ކަރަންޓްގެ ހާލަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން، ރަށްރަށަށް އައު އިންޖީނު ފޯރުކޮށްދިނުމާއި، ކަރަންޓު ފޯރުކޮށްދޭ ކޭބަލް ނެޓްވޯރކް އަޕްގްރޭޑްކުރުން ހިމެނެއެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ގއ. ނިލަންދޫގެ އައު އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ. ނިލަންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ އިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. އަދި ކުރީގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އައު އިންޖީނުގެ ގާއިމްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގއ. ނިލަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެމަނިކުފާނު އިއްޔެ ގއ. އަތޮޅުގެ ތިން ރަށަކަށް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ދެވަނައަށް ޒިޔާރަތްކުރެއްވި ރަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް