ދަފްތަރު މީހަކަށް ގިނަ ނަންބަރުތަކެއް ދީފައި އެބަހުރި: އީސީ
31 ޑިސެމްބަރ 2019 - 11:58:03
މާލޭ ދަފްތަރުގައި އެކަކަށް ތަފާތު ގިނަ ނަމްބަރު ދީފައި އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވަނީ ދަފްތަރުގައި ހުރި ފާހަގަ ކުރެވޭ ބައެއް މައްސަލަތައް ހިއްސާކޮށްފައެވެ.
އެގޮތުން ޝަރީފް ވިދާޅުވީ ދަފްތަރުގެ ލިސްޓު މިއަދު ހާމަކުރުމަށް ގަސްތުކުރާކަމަށާއި، އަދި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ދާއިރާތަކަށް ދަފްތަރުގައި ހިމެނޭ ފަރާތްތައް ބަހާފައިވާގޮތްވެސް ހާމަކުރައްވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ދަފްތަރު ބެލިއިރު، ދަފްތަރުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވުނުކަމަށެވެ. އެގޮތުން ދަފްތަރުގައި ހިމެނޭ އެކަކަށް ގިނަ ނަމްބަރު ތަކެއް ދީފައި ހުރިކަން ފާހަގަކުރެވޭކަމަށް ޝަރީފް ވިދާޅުވި އެވެ.
"ދަފްތަރުގެ އާބާދީގަ އެބައުޅޭ ގާތްގަނޑަކަށް އަޅުގަނޑުމެނަށް ފާހަގަކުރެވިފަ އިންއިރުގަ، 25 އާ 30 ހާއި ދެމެދުގެ އަދަދަކަށް އެބައުޅޭ ރެޕެޓިޝަނެއް (ތަކުރާރުވުމެއް). ވާހަކައަކީ، އެއްމީހަކަށް ތަފާތު ނަމްބަރު ތަކެއްދީފަ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ވޯޓާޒް ލިސްޓް އެކުލަވާލާއިރު މި މައްސަލައަކީ ބޮޑު މައްސަލައަކަށް ވާނެކަމަށެވެ. ޝަރީފް ވިދާޅުވީ ވޯޓާޒް ލިސްޓް ފައިނަލް ކުރާ މަރުހަލާގައި ސިޓީ ކައުންސިލާއި ޑީއެންއާރް ގުޅިގެން އެ ތަކުރާރުވެފައި ހުރި މައްސަލަތައް ބަލާނެކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޗާޕް ކުރަން މިހާރު ނިންމާފައިވާ ވޯޓު ކަރުދާހުގެ އަދަދު މަދުކޮށްފިނަމަ ހަތަރު މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 1،194،826 ވޯޓް ކަރުދާސް ކޮޅު ޗާޕް ކުރުމަށެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އިންތިހާބު ތަކުގައި ޗާޕްކޮށްފައިވަނީ ހަތަރު ލައްކައެއްހާ ވޯޓް ކަރުދާސް ކޮޅެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ލަފާކޮށްފައިވާ ގޮތުން 1.1 މިލިއަން ވޯޓް ކަރުދާސް ޗާޕް ކުރުމަށް 11 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އިލެކްޝަނުން ބުނެފައިވަނީ ވޯޓް ކަރުދާސް ޗާޕްކުރާ އަދަދު މަދުކުރުމަށްޓަކައި ކޮމިޝަންގައި މަޝްވަރާތަކެއް ހިނގަމުންދާ ކަމަށެވެ.
ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދާ ގޮތަށް ވޯޓް ކަރުދާހުގެ އަދަދު މަދުކޮށްލެވިއްޖެނަމަ ދައުލަތުގެ ބަޖެޓުން އެކަމަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
"މިދަންނަވާހެން އެކަން ކުރެވިއްޖެނަމަ ގާތްގަނޑަކަށް ތިނަކާއި ހަތަރު މިލިއަނާ ގާތްކުރާ އަދަދެއް ސަލާމަތް ކުރެވޭނެ. އޭރުން މިބަލަނީ ވޯޓް ކަރުދާސް ޗާޕް ކުރަން އެންމެ ގިނަ އިންވެސް ދާނީ ހަތް މިލިއަން ރުފިޔާ ވަރޭ. އެކަމަކު މިކަން މުޅިން ފައިނަލްވީމާ އަދަދުތައް ސާފުވާނީ،" ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމު ސީއެންއެމްއަށޤ ވިދާޅުވެފައިވެ އެވެ.
ވޯޓް ކަރުދާސް ޗާޕްކުރާ އަދަދު މަދުކުރުމުން އެހެން ބައެއް ކަންކަމަށްވެސް ބަދަލު އައިސް އެހެން ބައެއް ހަރަދުތައް ވެސް ކުޑަކުރެވޭނެ ކަމަށް މިހާރު ބެލެވެއެެވެ.
އެގޮތުން ވޯޓް ކަރުދާސް މަދުކޮށްފިނަމަ އިންތިހާބުގެ ނަތީޖާތައް ގިނަވެގެން 10 ގަޑިއިރު ތެރޭގައި ލިބޭނެ ކަމަށާއި މިހާރު ޗާޕްކުރަން ނިންމާފައިވާ ވޯޓް ކަރުދާހުގެ އަދަދާ އެކު ވޯޓުގެ ނަތީޖާ ލިބެން 16 ގަޑިއިރު ހޭދަވާނެ ކަމަށް އީސީން ބުނެއެވެ.
އެއް މިލިއަން ވޯޓް ކަރުދާސް ގުނަން އޮފިޝަލުންގެ ތިން ސެޓަޕެއް ބޭނުންވާ ކަމަށާއި ނަމަވެސް ވޯޓް ކަރުދާހުގެ އަދަދު މަދުކޮށްލައިފިނަމަ އޮފިޝަލުންގެ ދެ ސެޓަޕުން ފުދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އޭރުން އޮފިޝަލުންނަށް ކުރާ ހަރަދު ވެސް ކުޑަވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކުރީގެ އިންތިހާބުތަކާއި ތަފާތުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި ޗާޕްކުރާ ވޯޓް ކަރުދާހުގެ އަދަދު ގިނަވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްރަށުގައި ވޯޓްލާއިރު ކޮންމެ މީހަކު ވެސް 5 ވޯޓް ކަރުދާހަކަށް ވޯޓް ލާން ޖެހޭތީ އެވެ. އެއީ ރަށު ކައުންސިލް ރައީސް، ރަށު ކައުންސިލްގެ އަންހެން މެމްބަރުން، ރަށު ކައުންސިލް މެމްބަރުން، އަތޮޅު ކައުންސިލަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށެވެ.
އަކްރަމު ވިދާޅުވެފައިވަނީ ވޯޓް ކަރުދާސް ޗާޕް ކުރާ އަދަދު މަދުކުރަން ނިންމައިފިނަމަ ކުރިން ފަސް ކަރުދާހެއް ބޭނުންކޮށްގެން ވޯޓްލާ ގޮތަށް އޮތް އޮތުން އެއް ކަރުދާސްކޮޅަކުން ފުއްދާލެވޭނެ ކަމަށެވެ. ޗާޕްކުރާ ވޯޓް ކަރުދާހުގެ އަދަދު މަދުކޮށް އެއް ކަރުދާސްކޮޅު ބޭނުންކުރާ ގޮތަށް ހަމަޖައްސާއިރު ކުރީގެ އިންތިހާބު ތަކަށް ވުރެ ބާތިލް ވޯޓް އިތުރުވެދާނެތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވި އެެވެ. އެހެންކަމުން ގާނޫނީގޮތުން އެކަމަށް ފަރުވާއެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު ގާނޫނުގައި މިއޮންނަނީ ވޯޓް ކަރުދާހުގައި އެއްވެސް އެއްޗެއް ކުރަހާފައި އިންނަމަ އެ ކަރުދާސްކޮޅެއް ބާތިލްވާނެ. މީގެކުރީގައި އެހެން ބާތިލްކުރާއިރު އެއީ އެންމެ މީހަކަށްލައި އެންމެ ވޯޓެއް. އެކަމަކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މިހާރު ވާހަކަ ދެކެވެމުން މިދަނީ އެއް ކަރުދާހުގައި ފަސް ކަމަކަށް ވޯޓް އަހަން. އެހެންކަމުން ވޯޓް ކަރުދާސް ކޮޅެއްގައި ކުރެހުމެއް ކުރަހައިފިނަމަ އެ ބާތިލް ވަނީ އެ ހުރިހާ ވޯޓެއް. އެހެންކަމުން މިއީ ގޮތްތަކެއް ހޯދަންޖެހޭ ކަމެއް،" އަކްރަމު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާއިރު، އަންހެެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރާނެ އެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް