ހުޅުމާލޭގައި މިހާރު އެމްއައިބީގެ ހިދުމަތްދެނީ ފިތުރޯން މަގުގައި ހުންނަ ވަން އެވެނިއުގެ އިމާރާތުގެ ތިރީގެ ބައެއްގައެވެ.
އެޗްޑީސީން ބުނީ އެމްއައިބީއަށް ބިން ދިނީ ހުޅުމާލޭގައި ދެވޭ ހިދުމަތްތައް އިތުރުކޮށް ފުޅާކުރުމަށް ކަމުގައެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރިން އެމްއައިބީއަށް ބިމެއް ދިން ނަމަވެސް އެބިމުގެ ބޮޑުމިނެއް އެޗްޑީސީން ނުބުނެއެވެ.
އިސްލާމިކް ބޭންކުން ބުނެފައިވަނީ ހުޅުމާލޭގައި އަޅާ އެބޭންކުގެ އާ އިމާރާތް ވެގެންދާނީ މުސްތަޤްބަލުގައި އެބޭންކުގެ ހެޑް އޮފީހަށް ކަމުގައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އިސްލާމިކް ބޭންކް، އެމްއައިބީ ހުޅުވާފައިވަނީ ދިވެހި ސަރުކާރުގެ 15 ޕަސެންޓު ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓު ހިއްސާއާ އެކު 2011 ވަނަ އަހަރު އެވެ.
ނަމަވެސް އެބޭންކަށް ބަދަލުތަކެއް ގެނެސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މިހާރުވަނީ އާއްމުންނަށް 31 ޕަސެންޓް ހިއްސާ ވިއްކާފައެވެ. އަދި އެބޭންގައި މިހާރު ދިވެހި ސަރުކާރުގެ 28 ޕަސެންޓް ހިއްސާ އޮންނައިރު އަމާނާތަކަފުލް މޯލްޑިވްސްގެ ފަސް ޕަސެންޓް ހިއްސާވެސް އޮވެއެވެ.
އެ ބޭންކުގައި މިހާރު އޮތް މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ ހިއްސާގެ މިންވަރަކީ 36 ޕަސެންޓެވެ.