ads
ރައީސް ޔާމީން އަދި ޑެޕިއުޓީ މޭޔަރު ނަރީޝް
ނަރީޝް ދޮގު ހެކިބަސް ދިން ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން
ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުވެފައިވާ، އަހުމަދު ނަރީޝް، ޝަރީއަތަށް ދޮގު ހެކިބަސް ދިން ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި މައްސަލައިގައި އެމަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ނަރީޝް ވަނީ ކޯޓަށް ހާޒިރުވެ ހެކިބަސް ދެއްވާފަ އެވެ. އެހެން ނަމަވެސް ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ، ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ. 

އަދި ހުކުމުގައި ވަނީ ނަރީޝްގެ ހެކިބަހުގައި ކުދި ކުދި ތަފްސީލުތައް ހަނދާނުގައި ނެތްކަމަށް ބުނެ، ދިފާއުގެ ސުވާލުތަކުގެ ޖަވާބު ތަފްސީލުކަމާއެކު ދީފައިވާތީ، ސަބަބުވެެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ އަޖައިބު ކުރުވަނިވި، ހައިރާން ކުރުވަނިވި ކަމެއްކަމަށް ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން ފައިސާ ގުނުމުގައި އަމަލުކޮށްފައިވާގޮތް ބުނެދިނުމުގައި ފުށުއެރުންތައް ހުރިމަކާއި އެ ފައިސާ ހިފައިގެން ގ ދޫވެހިން ޔޫސުފް ނައީމްގެ ގެއަށް ދިޔަގޮތާއި އެކަން ހިނގީ ކޮން ދުވަހެއްގައި އަދި ކޮން ވަގުތެއްގައިކަން ބުނެ ނަރީޝްއަށް ބުނެ ނުދެވުނު އިރު އެއީ ދުވާލުގަޑީގައި ނުވަތަ ރޭގަނޑުގެ ވަގުތެއްގައި ހިންގި މުއާމަލާތެއްކަންވެސް ބުނެނުދެވުނުކަމަށް ކޯޓްގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ދޮގު ހެކިބަސް ދިންކަން ސާބިތުވެއްޖެނަމަ އެމީހެއް މައްޗަށް ޖަލު ހުކުމެއް އަންނާނެ ކަމެއް ކަމުން، ބައެއް ފަރާތްތަކުން ވަނީ، ނަރީޝް ކޯޓުގައި ދޮގު ހެކިބަސް ދިން މައްސަލަ ބަލާ އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައަގައި ކޯޓުން އިއްވި ހުކުމް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެ ހުކުމުގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރަންޖެހޭ ކަމެއް ވާނަމަ ފުލުހުން އެކަން ބަލާނެ ކަމަށެވެ. 

"ހުކުމް ދިރާސާކުރަމުން ދަނީ، އޭގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރަން ޖެހޭ ކަމަށް އޮތް ކަމަށް ބެލެވިއްޖެ ނަމަ، އެ މައްސަލައެއް ފުލުހުން ބަލަމުންދާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަ ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމާއިއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާއިރު ރިޝްވަތު ދިންކަމަށް ސާބިތުވެ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ.

 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް