މިދިޔަ ހަފްތާގައި އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ އަހަރު އެމްއެންޑީއެފުން ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއް ގޮތަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި އެމްއެންޑީއެފުން 31 ޑިސެމްބަރު 2021 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެމްއެންޑީއެފަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށެވެ.
އަދި ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްކަކަށް ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް ކޮށްފައިވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;