އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު އެ އަމުރު ނެރެފައިވަނީ ގާޒާގެ ރައްޔިތުން ވަންނާނެ ތަނެއް ނެތި އައްސޭރިފަށުގެ ކުޑަ ސަރަހައްދަކަށް ޖަމާވެފައިވާ ނާޒުކު ދަނޑިވަޅެއްގަ އެވެ.
އޮކްޓޫބަރު 2023 ގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި ގާޒާގެ ބޮޑު ބައެއް ހަލާކުކޮށްލައިފައިވާއިރު އޭގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 2.2 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މަގުމަތިވެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގާޒާގެ ސަރަހައްދުތައް ގެނައުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
އިޒްރޭލުން 7 އޮކްޓޫބަރު 2023 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 72،100 އަށް އަރައިފަ އެވެ.
ގާޒާގެ ސިއްހީ އިދާރާތަކުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި މި އުދުވާންތަކުގައި 72،957 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މި ހަމަލާތަކުގައި މިހާތަނަށް 172,645 މީހުން ޒަހަމްވެފައިވާ ކަމަށްވެސް އެ އިދާރާތަކުން މައުލޫމާތު ދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;