އެ މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ހަދިޔާ ކުރަމުންދަނީ ޖަނބުރޯލު، ފަތްކެޔޮ، ބަބުކެޔޮ، އަލަ އަދި މުރަނގަ ގަހުގެ މުޑުވައް ކަމުގައެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމުގައި މިއަހަރު މުޑުވައް ދިނުމަށް ހަމަޖެހިފައިވާ ހަ ރަށަކީ ނޮޅިވަރަމް، ކުމުންދޫ، ނޭކުރެންދޫ، ކުޅުދުއްފުށި، ވައިކަރަދޫ އަދި ނެއްލައިދޫ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެއެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ
މި ރަށްތަކަށް މުޑުވައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެ ރަށްރަށުގެ ހުރިހާ ގޭބީސީތަކެއް ހިމެނޭހެން ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އެގްރިކަލްޗަ މިނިސްޓްރީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދަމުންނެވެ.