ads
ދަނޑުވެރިކަމުގެ ގައުމީ ފެންވަރުގެ ލެބޯޓަރީގެ ބިންގާއެޅުމުގެ ރަސްމިއްޔާތު. ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ
ދަނޑުވެރިކަމުގެ ގައުމީ ފެންވަރުގެ ފުރަތަމަ ލެބޯޓަރީ ފުވައްމުލަކުގައި
ރާއްޖޭގައި އަޅާ ދަނޑުވެރިކަމުގެ ގައުމީ ފެންވަރުގެ ފުރަތަމަ ލެބޯޓަރީގެ ބިންގާ ފުވައްމުލަކު ސިޓީގައި އަޅައިފިއެވެ.

މި ލެބޯޓަރީގެ ބިންގާ އަޅުއްވައިދެއްވީ އެގްރިކަލްޗަ މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަނާއި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާ އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ރައީސް އިސްމާއިލް ރަފީގެވެ.        

your imageލެބޯޓަރީ އިމާރާތްކުރާ ބިމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ

ލެބޯޓަރީ އިމާރާތްކުރާ ބިމުގެ އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލާ އެކު ސޮއިކުރުމަށް އެގްރިކަލްޗަ މިނިސްޓްރީން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ބިންގާ އެޅުމަށްފަހުގައި ލެބޯޓަރީ އެޅުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީން ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ހަވާލުކޮށްފައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރަށު ކައުންސިލުން އިއުލާނުކޮށް، ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި މަސައްކަތް ކުރުމަށް ހަވާލުކުރާތާ 390 ދުވަހު ތެރޭގައި މަސައްކަތް ނިންމަންޖެހޭނެ ކަމުގައެވެ.

ދަނޑުވެރިކަމުގެ ގައުމީ ފެންވަރުގެ މި ލެބޯޓަރީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި ޔޫއެންޑީޕީ އާ ގުޅިގެން ޔޫއެންޑީޕީން ތަންފީޒުކުރާ ”ޕްރޮޖެކްޓް ފޯ ޑިވެލޮޕިންގް ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ“ މަޝްރޫއުގެ ތެރެއިންނެވެ.

މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ވާއިރު، ތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭނެ ކަމަށާއި ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫއުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނެފައިވަނީ ތަން ތަރައްގީ ކުރާނީ ރައްޔިތުން ބަލައިގަންނާނެ ހަތަރު ކަމަކަށް ހާއްސަ ލެބޯޓަރީ އަކާ އެކު ކަމަށެވެ. އެގޮތުން އެ ލެބޯޓަރީން ފަސް ތަހުލީލު ކުރުމާއި ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމުގެ އިތުރުން ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް