ads
ޖަލްސާގެ ތެރެއިން
ދިއްދޫ ކައުންސިލް ލޯގޯ، ދިދަ، ވެބްސައިޓް އަދި ވައިބާ ގުރޫޕް އިފުތިތާހުކޮށްފި
ހއ ގެ ވެރިރަށް، ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފުތިތާހު ކޮށްފިއެވެ.

އެކައުންސިލްގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހް ކޮށްފައި ވަނީ، ކައުންސިލުން އިންތިޒާމް ކޮށްގެން "ހިދުމަތްތެރިންނާއި އެހީތެރިންގެ ހަނދާނީ ގުލްޒާރު 2022" ގެ ނަމުގައި އެ ރަށުގައި ބޭއްވި ޖަލްސާ އެއްގައެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. އިފުތިތާހު ކޮށްދެއްވެވީވެސް ޝަރަފުވެރި މެހުމާނެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ތައާރަފު ކުރެވުނު ވައިބާ ކޮމިއުނިޓީއާ ގުޅިގެން ރަށު ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު ވީހާވެސް އަވަސްކޮށް ފަސޭހަކޮށް ދިނުމަށް ފަސޭހަވާނެއެވެ.

އަދި ކައުންސިލް ވެބުސައިޓުގެ ސަބަބުން، ކައުންސިލުން ނިންމާ އެންމެހާ ނިންމުންތަކާއި ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދިވެސް ކައުންސިލާއި ގުޅުންހުރި ކަންކަމުގެ ތަފްސީލީ މައުލޫމާތު ފަސޭހަ ކަމާއިއެކު ލިބިގެންދާނެއެވެ. 

ޖަލްސާގައި ދިއްދޫ ކައުންސިލުގެ ރަސްމީ ކުލައެއްގެ ގޮތުގައި ޓީލް ބުލޫ ކަނޑައަޅާފައިވާއިރު، އެ ކައުންސިލުގެ މަސައްކަތު ޔުނީފޯމް ވެސް ތައާރަފުކޮށް، ދައްކާލާފައި ވެއެވެ.

މި ޖަލްސާގައި ހއ ދިއްދޫ ކައުންސިލަށް 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުންވެސް އޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް