އަކްޝޭ މިގޮތައް އެދިފައިވަނީ ޓްވިންކަލް ވަރަށް މަޖާކޮށް ލަވައެއް ކިޔާ ނަށާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރުމަށްފަހުއެވެ.
މިއަދު ސޯޝަލް މީޑިއާގައި އަކްޝޭ އާންމުކުރި ވީޑިއޯއިން ފެންނަނީ ޓްވިންކަލް ލަވައެއް ކިޔަމުން މަޖާގޮތަކަށް ނަށާ މަންޒަރެވެ.
ޓުވިންކަލް ލަވަކިއުން ހުއްޓާލުމަށް އަކްޝޭ އެދުނުނީ އޭނާ ލަވަކިޔާލެއް ހުތުރުކަމުންނެވެ. މިއަދަކީ ޓްވިންކަލް އަށް 48 އަހަރު ފުރުނު އުފަން ދުވަހެވެ.
އަކްޝޭއާ ޓްވިންކަލް ކަންނާ ކައިވެނި ކުރީ 14 ޖެނުއަރީ 2001 ގަ އެވެ. ދެމީހުންނަށް ދެ ދަރިން ވެސް ވަނީ ލިބިފައެވެ. އެއީ ފިރިހެން ކުއްޖަކު ކަމަށްވާ އާރަވް ކުމާރާއި އަންހެން ދަރިއަކު ކަމަށްވާ ނިތާރާ ކުމާރު އެވެ.