މި ރަސްމިއްޔާތުގައި ސޮއި ކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާލިލާ ފާތިމަތު ޝާނާ ފާރުގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަލްފާލިލް ޝިފާއު އަލީ އެވެ.
މިއަދު ސޮއި ކުރެވިގެން ދިޔަ މި އެއްބަސްވުމުގެ ދަށުން، 67،020 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 19،513 ކިއުބިކް މީޓަރު އާ ބަނދަރު ފުންކުރުމާއި، 2،414 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެ އެވެ.
މީގެ އިތުރުން:
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ، 50،042،766.42 މިލިއަން ރުފިޔާ އަށެވެ. އެމްޓީސީސީއިން މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ، 500 ދުވަސް ތެރޭގަ އެވެ.