ads
ޑރ އިޔާޒް ..
މުޒާހަރާ ކުރިޔަސް ރައީސް ޔާމީނު ދެން މިނިވަން ނުވާނެ: ޑރ އިޔާޒް
އިދިކޮޅު ޕީޕީއެމުން ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް މަތީ ކޯޓަކުން ހުކުމް ބާތިލް ނުކުރާހާ ހިނދަކު ނުވަަތަ ޕީޕީއެމްގެ ފަރާތުން މައްސަލަ އިސްތިއުނާފު ނުކުރާހާ ހިނދަކު ރައީސް ޔާމީނު ދެން މިނިވަން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުހަންމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އިއްޔެ ހަވީރު މުޅި ރާއްޖޭގައި ބޭއްވި "ސަބަބުވެރި ހިނގާލުން" އަށް އިޝާރާތްކުރައްވައި މަޝްހޫރު ދީނީ އިލްމުވެރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ މިފަދަ މުޒާހަރާތަކުގެ ބޭނުމަކީ އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ރިޔާސީ ޓިކެޓް ހޯދުމަށް ހަދާ މަކަރެއް ނޫންތޯ ވެސް ސުވާލު ކުރައްވާފައެވެ.

"މުޒާހަރާގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން ގާތު އަހާލަން ބޭނުން ހަގީގަތުގައި ވެސް ރައީސް ޔާމީން މިނިވަންކުރަން ކުރައްވާ ކަމެއްތޯ؟ ނޫން ނަމަ ރިޔާސީ ޓިކެޓު ހޯދުމަށް ޖަހާ މަކަރެއްތޯ، ކިތަންމެ ގަދަޔަށް މުޒާހަރާ ކުރިޔަސް މަތީ ކޯޓަކުން ނުނިންމާހާ ހިނދަކު ރައީސް ޔާމީން މިނިވަނެއް ނުވާނެ." އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އިޔާޒް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. 

އޭގެ ފަހުން އިދިކޮޅު ކޯލިޝަނުން ދަނީ އެއީ ހަރާން ހުކުމެއް ކަމަށްބުނެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާކުރަމުންނެވެ. 

އިއްޔެ މުޒާހަރާގައި އިދިކޮޅު ލޯކިޝަނުން ވަނީ ރައީސް ޔާމީނާ ނުލައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފައެވެ.

13%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް