މިކަން ފާހަގަކުރުމަށްޓަކައި “ފިޔަވަތި ފަންޑޭ” ގެ ނަމުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާއި އެކު އިއްޔެ ހަވީރު ވަނީ ފަރުކޮޅުފުށީގައި ޕާޓީއެއް ބާއްވާފައެވެ.
މި ޕާޓީގައި ބައިވެރިވި ފިޔަވަތީގެ ހުރިހާ ކުދިންނަށް އެޗްޑީސީން ވަނީ ހަދިޔާ ބަހާފައެވެ. ފިޔަވަތި ފަންޑޭ ޕާޓީގައި 90 އަށް ވުރެ ގިނަ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުން ބައިވެރިވިއެވެ.
ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން އެޗްޑީސީން މީގެކުރިންވެސް ވަނީ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.