ބަރަހަނާ ހާލުގައި އަޑުގަދަ ކުރަމުން އަންހެނަކު މަގުމާތީ ހިނގާފައިދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިމަސްތެރޭ އާންމުވި އެވެ.
ފުލުހުން މީގެ ކުރިން ”ސީއެންއެމް“ އަށް ބުނިގޮތުން އެ ވީޑިއޯއިން ފެންނަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހިނގި ކަމެކެވެ.
އެމައްސަލާގައި ފުލުހުން ބެލިބެލުމުން އެއީ ނަފްސާނީ ބަލި މީހެެއްކަން އެނގިފައިވާ ކަމަށާއި، އެންވެ، ”އޭނާގެ ސްޕޮންސަރާއި“ އޭނާ ހަވާލުކޮށް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
މިމައްސަލާގައި މިއަދު ފުލުހުން "ސީއެންއެމް" އަށް ބުނީ މިމަހުގެ ތިންވަނަ ދުވަހު އޭނާގެ ސްޕޮންސަރުގެ ބެލުމުގެ ދަށުން ގައުމަށް ފޮނުވާ އާއިިލާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ މާލޭގައި އޭރު ހުރީ ކޮން ބޭނުމަކު ކަމެއް އަދި އޭނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން ސާފުކޮށެއް ނުދެ އެވެ.
ބަރަހަނާވެގެން މަގުމަތީ އުޅޭ މައްސަލަތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ. އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާއި، މިސްކިތްތަކަށް ވަދެ ކުޑަކަމުގޮސް، ޤުރުއާން އަށް ކުޅުޖެހުންފަދަ ކަންކަންވެސް މީގެން ކުރިން ކޮށްގެން ތަކުރާރުކޮށް މިފަހުން މީހުން ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް އެފަދަ ކޮންމެ މީހެއް ދޫކޮށްލަނީ ”ނަފްސާނީ ބަލި މީހެއް“ ކަމަށްވާތީ އެވެ. މިމައްސަލާގައި ވެސް ފުލުހުން ބުނީ އެއީ ނަފްސާނީ ބަލިމީހެއް ކަމަށެވެ.
ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް ހެދި މައްސަލާގައި ހައްޔަރުކުރި މީހަކުވެސް ނަފްސާނީ ބަލި މީހެއް ކަމަށް ބުނެ ދޫކޮށްލިފަހުން ތޫނު އެއްޗެއް ބޭނުންކޮށްގެން އާންމުތަނެއްގައި މީހަކަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވެއެވެ.