ads
'ޕަތާން' ފިލްމުގެ މައްސަލައިގައި ކުރި މުޒާހަރާއެއްގެ ތެރެއިން
2022 ވަނަ އަހަރު ބޮލީވުޑްގައި އެންމެ ހޫނުވި ހަބަރުތައް
ބޮލީވުޑްގެ ތަރިންގެ އުޅޭ ނޫޅޭގޮތް ބެލުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވަރަށް ފޯރިއާއެކު ކުރަމުން ގެންދާކަމެކެވެ.
Advertisement

އޭޝިއާއިން ފެށިގެން، މެދުއިރުމައްޗާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ބޮލީވުޑްގެ ތަރިން އެހާ މަޝްހޫރެވެ. އެ ތަރިންނާއި ގުޅޭ ހަބަރުތައް މުޅި ދުނިޔޭގައި ބައެއް ފަހަރު ސިޔާސީ މީހުންނާއި، އަމިއްލަ ގައުމުގެ ހަބަރުތަކަށްވުރެ ވެސް 'ހޫނު' ވެގެން ދެއެވެ. 2022 ވަނަ އަހަރު އަލްވާދާއު ކިޔަމުން އަންނައިރު އެ އަހަރުގެ އެންމެ ހޫނުވި ބޮލީވުޑްގެ ބައެއް ހަބަރުތަކަށް މިހާ ހިސާބުން ބަލައިލާނަމެވެ.

1. ޝާހުރުކް ހާންގެ ފޮޓޯ އަންދައި މުޒާހަރާ ކުރުން 

ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާ ޝާހުރުކް ހާން އަދި ދިޕިކާ ޕަދުކޯން ކުޅޭފައިވާ ފިލްމު 'ޕަތާން' ގެ ޕްރޮމޯޝަނަށް ނެރުނު 'ބޭޝަރަމް ރަންގު' ކިޔާ ލަބައިގެ މައްސަލަ އަކީ ފާޢިތުމިވި 2022 ވަނަ އަހަރު އެންމެ ހޫނުވި އެއް މައްސަލައެވެ. އެ ލަވަ ނެރުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް އަދިވެސް ކޮންމެ ދުވަހެއްގެ ހެޑްލައިންތައް ފުރާލަނީ މި ލައިވެ ވާހަކަ ތަކުންނެވެ. މި ލަވައިގައި ސެފްރަން ކުލައިގެ ނިވާކަން ކުޑަ ހެދުމެއް ލައިގެން ދިޕިކާ ނެށި މައްސަލަ ވަނީ އިންޑިއާގެ ހިންދޫ ދީނުގެ ހަރުކަށި މީހުން ބޮޑު މައްސަލައަކަށް ހަދައި ޝާހު އަދި ދިޕިކާގެ މައްސަލަ ސުޕްރީމްކޯޓަށް ވެސް ވައްދާފައެވެ. މި މައްސަަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ އިތުރުން ހިންދޫ ދީނުގެ މީހުން ވަނީ މަގުތަކަށް މުޒާހަރާއަށް ވެސް ނުކުމެފައެވެ. އެ މީހުން ވަނީ ޝާހުގެ ފޮޓޯ އަންދައި މުޒާރަހާ ވެސް ކޮށްފައެވެ. 

2. އާލިއާ އަދި ރަންބީރު ލާދީނީކަމަށް ހެދުން 

ކަރަން ޖޯހަރު ޑައިރެކްޓު ކުރި ފިލްމު 'ބަހާމަސްޓްރާ' ފިލްމާއި މެދު ވެސް އިންޑިއާގެ ހިންދޫ ދީނުގެ ހަރުކަށި މީހުން ވަނީ މައްސަލަ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މި ފިލްމުގެ ލީޑް ރޯލު ކުޅުނު އާލިއާ ބަޓް އަދި ރަންބީރު ކަޕޫރަކީ ހިންދޫ ދީނާއި ދެކޮޅު ބައެއްކަމަށް ދެއްކުމަށް މަސައްކަތް ކުރިއެވެ. އަދި ރަންބީރު އުމުރުން 11 އަހަރުގައި ބީފް ވަރަށް މީރުކަމަށް ބުނާ ވީޑިއޯއެއް ވެސް ލީކު ކޮށްލިއެވެ. އަދި 'ބަހާމަސްތްރާ' ބޮއިކޮޓް ކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، މި ފިލްމުވެ ވެގެން ގޮސްފައިވަނީ 2022 ވަނަ އަހަރުގެ އެންމެ ހިޓު އެއް ފިލްމަށެވެ. 

your imageއާލިއާ ބަޓް އަދި ރަންބީރު ކަޕޫރު

3. ސުޝްމީތާ އަދި ލަލިތް މޯދީ ހިތާވުން

ދުނިޔޭގެ ރީތީގެ ރާނީކަން ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ބޮލީވުޑް ތަރި ސުސްމޫތާ ސެން އާއި އިންޑިއާގެ މަހުޖަނު ލަލިތް މޯދީ ގެ ގުޅުން ހާމަވީ ދިވެހިރާއްޖެއަށް އެމީހުން ކުރި ދަތުރުގައެވެ. ލަލިތް މޯދީ ސުސްމީތާ ސެން އާއި އެކު ނަގާފައިވާ ފޮޓޯތައް އާންމުކޮށް 'އާއިލީ ދަތުރެއްގައި' ރާއްޖޭގައި އުޅޭކަމަށް ބުންޏެވެ. އަދި ސުސްމީތާ އާއެކު އާފެށުމަކުން ފެށިކަމަށް ބުންޏެވެ. މި ހަބަރާއެކު މުޅި އިންޑިއާ އަދި ބޮލީވުޑްގެ ސަޕޯޓަރުންގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ. އަދި މުޅި އިންޑިނެޓު 'ބްރޭކް' ކޮށްލިއެވެ. ނަމަވެސް އޭގެ މަހެއް ފަހުން އެމީހުން ވަނީ ރުޅިވެފައެވެ. 

your imageލަލިތް މޯދީ އަދި ސުޝްމީތާ ސެން

4. ޖެކޮލިން އާއި ނޯރާ ފަތޭހީގެ ތަޅާ ފޮޅުން 

މި ނިމުނު 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ދިއްލީ ކޯޓުގައި ސުކޭޝް ޗަންދްރަޝެކަރް ނަމަކަށް ކިޔާ މީހަކު 200 ކަރޯޑު ރުޕީޒް (373 މިލިއަން ރުފިޔާ) ގެ ފައިސާގެ މަނީ ލޯންޑަރިންގެ މައްސަ ވަނީ ބޮލީވުޑްގެ ތަރި ޖެކްލީން ފަރްނާންޑޭޒް އާއި ގުޅިފައެވެ. އޭނާގެ މައްޗަށް ވަނީ ސަޕްލިމެންޓަރީ ޗާޖު ޝީޓެއް ހުށަހަޅާފައެވެ.

މި މައްސަލައެއްގައި ނޯރާ އާއި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ސުވާލުކޮށްފައެވެ. ފުލުހުން އޭނާއާއި ސުވާލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީ ނޯރާ ފަތޭ ވަނީ ޖެކޮލިން ފަރްނަންޑޭޒްގެ މައްޗަށް އަބުރުގެ ދައުވާކޮށްފައެވެ. ބެލެވޭ ގޮތުގައި ނޯރާ ދައުވާކުރީ މި މައްސަލައާއި ގުޅިގެން ހިނގި ކޮންމެވެސް ކަމެއްގެ ތެރެއިންނެވެ. 

ދައުވާކުރިކަން އާންމުކޮށް ނޯރާ ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާގެ "އަބުރު ކަތިލައި ފިލްމީ ކެރިއަރު ހަލާކޮށްލުމަށް ޖެކޮލިން ކުރާ މަސައްކަތް ކުށްވެރި،" ކުރާކަމަށެވެ.  އޭގެ ދުވަސްކޮޅެއް ފަހުން ޖެކޮލިން ވެސް ވަނީ ނޯރާ ފަތޭގެ މައްޗަށް އަބުރުގެ ދައުވާކޮށްފައެވެ. 

your imageޖެކޮލިން އަދި ނޯރާ ފަތޭހީ

5. ހޭރާ ޕޭރީން އަކްޝޭ ބޭރުކުރުން

ބޮލީވުޑް ސުޕަ ސްޓާ އަކްޝޭ ކުމާރުގެ ސުޕަ ހިޓް ސީކުއެލް 'ޕިރް ހޭޕާ ޕޭރީ' ގެ ތިން ވަނަ ބައިން އޭނާ ބޭރުކޮށް ލީޑު ރޯލަށް ކާތިކު އަރްޔަން އަށް ދިން ހަބަރާއެކު މުޅި އިންޑިއާ ކެކި އުތުރިއެރިއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ފިލްމުން އަކްޝޭ ބޭރުކުރީ އޭނާ ފިލްމުކުޅެން ކީ އަގު ބޮޑުވެގެންނެވެ. 

your imageކާތިކް އަދި އަކްޝޭ 

މިގޮތުން އަކްޝޭ ކުމާރު ވަނީ ހޭރާ ޕޭރީ ކުޅެން 90 ކަރޯޑު ރުޕީޒް (58.4 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގެއް ކިޔާފައެވެ. ނަަމަވެސް ކާތިކް ގެ އަގަކީ 30 ކަރޯޑު ރުޕީޒް (19.4 މިލިއަން އެމެރިކާ ޑޮލަރު) ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މީގެ ކުރިން ވެސް އަކްޝޭގެ އެންމެ ހިޓު އެއް ފިލްމު ބޫލް ބުލައްޔާގެ ދެވަނަ ބައި ކުޅެން ވެސް ޗާންސް ދީފައިވަނީ ކާތިކް އަށެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް