ads
ޝޭހް އަލީ ޒައިދު އާއި ރައީސް ނަޝީދު
ޝައިހް ޒައިދު ނުސީދާކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެ
މަގުމައްޗަށް ގަދަވެގެން އަދި ގައުމެއްގައި ވެރިކަމެއް ނުކުރެވޭނެ ކަމަށް ބުނެ ނުސީދާކޮށް "ރައީސް ނަޝީދަށް" ރާއްޖޭގެ ދީނީ އިލްމިވެރިޔާ އައް ޝައިހް އަލީ ޒައިދު ފާޑު ވިދާޅުވެއްޖެއެވެ
Advertisement

ދެ ރައީސުން ވާދަކުރާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ފޯރި ގަދަވެ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި ދަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންނެވެ. ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާއިރު ރައީސް ނަޝީދު މިހާރުވަނީ ކެންޕޭނަށް އަތޮޅުތަކަށް ފުރާވަޑައިގެންފައެވެ. 

ކެމްޕެއިން ލޯންޗުކުރި ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަކީ ކަންކަމުގައި ރިއޭކްޓު ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެ މަލާމާތުގެ ރާގެއްގައި ރައީސް ސޯލިހަށް ހަޖޫ ޖައްސަވާފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.

ޝައިހް އަލީ ޒައިދު ވިދާޅުވީ ވެރިކަމަކީ މަގުމަތީގައި އަޑުގަދަކޮށް ގަދަ ހަދައިގެން އުޅޭ މީހުންނަަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ކަންކަމުގައި އޯވާ ރިއޭކްޓް ކުރެއްވުމުން އޭގެ ނަތީޖާވެސް ގޯސްވެފައި އެބަހުރިކަމަށެވެ. އެގޮތުން އަމިއްލަ ފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމާއި، މުޅި ކެބިނެޓް އެކީ އިސްތިއުފާ ދިނުންފަދަ ކަންކަންވެސް އޯވާ ރިއޭކްޓް ކުރުމުން ހިނގާފައިވާކަމަށް ޝޭހު ޒައިދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެއްމަސްދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.

60%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް