ads
މައްކާ އަށް ސްނޯ ފައިބަމުން ދާކަމަށް ބުނެ ދައުރުކުރަމުން ދާ ފޮޓޯ
މައްކާއަށް ސްނޯ ފައިބާ ކަމަށް ބުނެ ދައުރު ކުރަނީ ފޭކު ފޮޓޯ ތަކެއް
މައްކާ އަށް ސްނޯ ފައިބަމުން ދާކަމަށް ބުނެ ދައުރު ކުރަމުންދަނީ، އަސްލެއް ނެތް ދޮގު ހަބަރުތަކެއް ކަމަށް، އެގައުމުގެ މޫސުމާއި ބެހޭ އިިދާރާއިން ހާމަ ކޮށްފި އެވެ.
Advertisement

މި ދުނިޔެ މަތީގައިވާ އެންމެ މާތް ބިން ކަމަށްވާ މައްކާ އާއި އެ ބިމުގައިވާ އެންމެ މާތް ތަން ކަމަށްވާ އަލް މަސްޖިދުލް ހަރާމް ނުވަތަ މައްކާ ހަރަމްފުޅު ހިމެނޭ ސަރަހައްދަށް ސްނޯ ފައިބަމުންދާ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯ ތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ. 

އެ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ގިނަ ބަޔަކު އުމްރާގެ އަޅުކަން އަދާ ކުރަމުން ގެންދިޔައީ، ސްނޯ ތަކުގެ ތެރޭގަ އެވެ. އަދި ބައެއް މީހުން ސްނޯ އިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދިޔަ މަންޒަރުވެސް ވަނީ އެ ވީޑިއޯ ތަކުން ފެނިގެން ގޮސްފަ އެވެ. 

މިކަމާއި ގުޅިގެން އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ، އެގައުމަށް ސްނޯގެ އަސަރު ކޮށްފައި ނުވާކަމަށް ބުނެފަ އެވެ. އަދި ދައުރު ކުރަމުން ދަނީ ހަގީގަތާއި ހިލާފު އެޑިޓު ކޮށްފައިވާ ވީޑިއޯ ތަކެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. 

"މައްކާ އަށް ސްނޯގެ އަސަރު އެއްވެސް ވަރަކަށް ކޮށްފައި ނުވޭ. މިއީ ބަޔަކު ހަދައިގެން ދައުރު ކުރަމުންދާ ވީޑިއޯ ތަކެއް. މައްކާގެ ފިނި ހޫނުމިން ހުރީ، 30 ޑިގްރީ ސެލްސިއަސްގަ. އެހެން ނަމަވެސް މައްކާ އަށް ކުރިއަށް ހުރި ދުވަސްތަކުގައި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ." އަރަބިޔާ ވެދާ ވެބްސައިޓްގައި ވަނީ ބުނެފަ އެވެ.

މި ވީޑިއޯ ތަކަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ވަނީ، މިއީ ބަޔަކު ސަމާލުކަން ހޯދުމަށްވެސް ކުރަން ހެޔޮވާ ވަރުގެ ކަންކަން ނޫން ކަމަށް ބުނެފަ އެވެ. 

މި ވީޑިއޯތައް ދައުރުވާން ފެށުމާއި އެކު ދުނިޔޭގެ ބައެއް ބޮޑެތި މީޑިއާ ތަކުން ވެސް ވަނީ، މައްކާ އަށް ސްނޯ ފައިބަމުން އަންނަ ކަމަށް ބުނެ ހަބަރުތައް ފަތުރާފަ އެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް