
ސައުދީ އަރަބިއްޔާގައި އަންހެން ރެއިލް ޑްރައިވަރުން ތަމްރީންކޮށް ފުރަތަމަ ފަހަރަށް އެމީހުން މަސައްކަތަށް ނެރެފިއެވެ.
ސައުދީ އަރަބިއްޔާގެ ރެއިލްވޭ ކުންފުނިންވަނީ ފުރަތަމަ އަންހެންނ32 ޑްރައިވަރުން މަސައްކަތަށް ނެރުން ފާހަގަކޮށްފައެވެ.
އަހަރެއްހާ ދުވަހުގެ ތަމްރީނުތަކަށް ފަހު އަންހެނުން ޑްރައިވަރުން މަސައްކަތް ފަށާފައިވަނީ މައްކާ އާއި މަދީނާއާ ދެމެދު އޮންނަ 453 ކިލޯމީޓަރުގެ ހަރަމައިން ހައިސްޕީޑް ރެއިލް ލައިންގައެވެ. އަންހެން ޑްރައިވަރުން ދުއްވަމުން ދަނީ ހައިސްޕީޑް ބުލެޓް ރޭލުތަކެވެ.
2018 ވަނަ އަހަރުގެ ކުރިން ސައުދީގައި އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ހުއްދައެއް ނޯވެއެވެ. އަދި މަހްރަމަކާއިނުލާ ދަތުރުފަތުރު ކުރުމުގެ ހުއްދައެއްވެސް ނޯވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ޖޫންގައި ސައުދީގައިވަނީ އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އާއްމުކޮށް ދީފައެވެ.