ads
ހަމަލާއެއް ދިނުމަށް ޔޫކްރޭން ސިފައިން ތައްޔާރުވަނީ: ފޮޓޯ އޭޕީ
ރަޝިއާގެ 400 ވަނީ މަރާލެވިފައި: ޔުކްރެއިން - ރަޝިއާއިން އެކަން ދިގުކުރޭ
ޑްރޯން ހަމަލާއެއްގައި ރަޝިއާގެ 400 ސިފައިން މަރާލެވިފައިވާކަމަށް ޔޫކްރޭން އަސްކަރިއްޔާއިން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ފެށިފަހުން މިހާރުވަނީ ދެކޮޅުންވެސް ހަމަލާތައް ވަރަށް ވަރުގަދަކޮށްފައެވެ. ހާއްސަކޮށް އާއަހަރާއި އެކު ރަޝިއާގެ ހަމަލާތައް ވަރަށް ބޮޑަށްވަނީ އިތުރުކޮށްފައެވެ.

ރަޝިއާއިން އަތްގަދަކޮށްފައިވާ ޑޮނެސްކްއަށް ޔޫކްރެއިންވެސް ވަރުގަދަ ހަމަލާތައް ދަނީ ދެމުންނެވެ. އެގޮތުން ދެވުނު ޑްރޯން ހަމަލާއެއްގައި ރަޝިއާ ސިފައިންގެ 400 މީހުން މަރާލެވިފައިވާކަމަށް ޔޫކްރެއިނުން ބުނާއިރު މިއީ ތެދެއްކަމަށްވާނަމަ މިއީ ހަނގުރާމަ ފެށިފަހުން ޔޫކްރެއިނުން ރަޝިއާއަށް ދިން އެންމެ ގެއްލުންބޮޑު އެއް ހަމަލާއަށް ވާނެއެވެ.

ނަމަވެސް ރަޝިއާގެ އަސްކަރީ އޮފިޝަލުން ވިދާޅުވަނީ މި ހަމަލާގައި މަރުވެފައިވަނީ ސިފައިންގެ 63 މީހުން ކަމަށެވެ.

މީގެއިތުރުން ރަޝިއާގެ ބްރާޔަންސް ސަރަހައްދަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި އެ ސަރަހައްދުގެ ކަރަންޓް ވިއުގަޔަށް ގެއްލުންވެ ބޮޑު ބަޔަކުން ވަނީ ކަރަންޓްވެސް ކެނޑިފައެވެ. ނަމަވެސް 12 ގަޑީއިރުގެ މަސައްކަތުން އަލުން އެސަރަހައްދަށް ކަރަންޓް ދީފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އާ އަހަރާއިއެކު ރަޝިއާ ޔުކްރޭން ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ރަޝިއާގެ ހަމަލާތައް ޔޫކްރޭންގެ ވެރިރަށް ކިއޭވްއާއި އެސަރަހައްދާއި ކައިރި ހިސާބުތަކަށްވެސް ވަނީ ވަރުގަދަކޮށްފައެވެ. ރަޝިއާގެ ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީވެސް ހަކަތައިގެ ވިއުގަތަކަށެވެ.

ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ހަކަތައިގެ ވިއުގަތަކަށް ގެއްލުންވެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނދިފައިވާކަމަށް ޔޫކްރެއިނުން ބުނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް