ads
ޕީޕީއެމްގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ޕީޕީއެމް ޖަލްސާއަށް ކާނިވާ ސަރަހައްދު ފުރާލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެމްޕެއިން ލޯންޗް ކުރުމަށް މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުން އަންނަ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވަމުން އެބަދެ އެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރާ ގިނަ ބަޔަކު ވެސް ބައިވެރިވެ އެވެ. 

ޕީޕީއެމްގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު މިދިޔަ ހުކުރު ދުވަހު، އެމްޑީޕީން ބޭއްވި އެޕާޓީގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފުލާ، ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ހުސް ގޮނޑި ހުރުމުން އިދިކޮޅުން ފާޑުކިޔުންތައް ކުރިމަތިކުރި އެވެ. ނަމަވެސް އެމްޑީޕީގެ ޖަލްސާ ވަނީ ހަމަ އެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީން ކައުންސިލް އިންތިހާބަށް ގެންގުޅޭ ޝިއާރަކީ "މީ މަގޭ ރާއްޖެ" ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމުން ގެންގުޅޭ ފަސް ސިޔާސަތު އިފްތިތާހު ކުރުން ވެސް އޮންނާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ޖުމުލަ 679 ކެނޑިޑޭޓުން ވާދަ ކުރެއެވެ. އަދި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި 513 ކެނޑިޑޭޓުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއެވެ. މީގެ އިތުރުން ޕީޕީއެމްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. 

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް